22 ޖުލައި 2019 ( ހޯމަ )

ޏ.އަތޮޅު ހޮސްޕިޓަލުގެ ރިސެޕްޝަން ސަރަހައްދު. ފޮޓޯ: ޏ.އަތޮޅު ހޮސްޕިޓަލް އެފްބީ ޕޭޖް

އާސަންދަ ކުންފުނީގެ 2 ސްޕެޝަލިސްޓެއްގެ ޚިދުމަށް މާދަމާ ޏ. އަތޮޅު ހޮސްޕިޓަލުން

އާސަންދަ ކުންފުނީން ގެންނަ ދެ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް މާދަމާ 15 ޑިސެމްބަރު އަދި 16 ޑިސެމްބަރު 2015 ގައި ޏ. އަތޮޅު ހޮސްޕިޓަލުން ލިބޭނެ އިންތިޒާމު އެކުންފުނިން ހަމޖައްސައިފިއެވެ.

އެގޮތުން މާދަމާ ޚިދުމަތް ލިބޭނެ ޚާއްސަ ދެ ޑޮކްޓަރުންނަކީ ހިތުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް ކަމުގައިވާ، ކާޑިއޮލޮޖިސްޓް ޑރ. ޝިފާސް ބާބޫ އާއި ނާރުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް ކަމުގައިވާ، ނިއޮރޮލޮޖިސްޓް ޑރ. އަޖިތު މޮހަނަން އެވެ.

މިއީ އާސަންދަ ކޮމްޕެނީން ރާއްޖޭގެ ހޮސްޕިޓަލްތަކަށް ސްޕެޝަލިސްޓުންނާއި ސުޕަރ ސްޕެޝަލިސްޓުން ގެނެސް ޚިދުމަތް ދިނުމުގެ ޕްރޮގުރާމުގެ ދަށުން ރާއްޖެއިން ބޭރުން ގެނެވޭ ދެ ޑޮކްޓަރުން ކަމަށް މިކަލް ނޫހަށް އެނގިފައި ވެއެވެ. އާސަންދަ ކުންފުނީން އެދެނީ މިދާއިރާތަކާ ގުޅޭ ވީހާވެސް ގިނަ ބަލިމީހުން ޑޮކްޓަރަށް ދެއްކެވޭނޭ އިންތިޒާމު، ޏ. އަތޮޅު ހޮސްޕިޓަލާއި ކައުންސިލްތައް ގުޅިގެން އިންތިޒާމުކޮށް ދެއްވުމަށް ކަމަށް އާސަންދަ ކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އާމިނަތު ޒީނިޔާ ވިދާޅުވެއެވެ.

މި ޑޮކްޓަރުންނަށް ދެއްކެވުމަށް އެދޭ ފަރާތްތަކުން ހޮސްޕިޓަލްގެ ނަމްބަރު 6860658 ފޯނާއި ގުޅުއްވައިގެން ނަންނޯޓު ކުރެއްވުމަށް އަތޮޅު ކައުންސިލުން ވަނީ އާއްމޮކޮށް އިއުލާން ކުރައްވާފައެވެ.


ކިޔުންތެރިންގެ ޚިޔާލު