A wide advertisement which will be shown on all devices. (700 x 100)

ވޯޓުލާން ރިރެޖިސްޓްރޭޝަނަށް ހުޅުވާލައިފި

އެތެރޭގެ އިންތިޚާބެއްގައި ވޯޓުލުން

އަންނަ އޭޕްރީލް މަހު 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވާ ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބުގައި ވޯޓުލުމަށް އަލުން ރަޖިސްޓްރީ ކުރަން އިލެކްޝަންސް ކަމިޝަނުން ހުޅުވާލަައިފިއެވެ.

މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމަށް ރި-ރެޖިސްޓްރީ ކުރަން ޖެހެނީ އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިޚާބުގައި އެމީހަކު ވޯޓުލީ ތަން ނޫން އެހެން ތަނަކަށް ވޯޓު ލާން އެދޭ ނަމައެވެ. އަދި އަލަށް ވޯޓުލާފަރާތަކާއި ފާއިތުވި ރިޔާސީ އިންތިޚާބުގައި ވޯޓު ނުލާ ފަރާތްތަކުން އެފާރާތެއް ރަށްވެހިކަމުގެ ރަޖިސްޓްރީ ވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓްލާން ބޭނުންވާ ނަމައެވެ.

ވޯޓު ލުމަށް ރި-ރެޖިސްޓްރޭޝަން ގެ ފުރުސަތު ހުލުވާލާފައި ވަނީ އަންނަ މާރޗު މަހުގެ 2 ވާ ހޮނިހިރު ދުވަހުގެެ ނިޔަލަށެވެ.

ވޯޓު ލާން ރި-ރެޖިސްޓްރީ ކުރުން އެންމެ އެދެވިގެން ވަނީ އެމީހަކު އަމިއްލައަށެވެ. އެގޮތުން ރެޖިސްޓްރީ ވެވެން ނެތް ފަރާތްތަކުން އެފަރާތަށް އެންމެ އިތުބާރު ހިފޭ ފަރާތެއް ނުވަތަ މީހަކު މެދުވެރިކޮށް ވެސް ރަޖިސްޓްރީ ކުރެވިދާނެއެވެ.

ފުވައްމުލަކުގެ މީހުންގެ ތެރެއިން ރި-ރެޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކަށް އެހީތެރިވުމަށް ތަފާތު ފަރާތްތަކުން ވަނީ ވޮލަންޓިއަރ ކޮށްފައެވެ. މީގެތެރެގައި އެކިއެކި ކެންޑިޑެޓުންނާއި ގުޅުން ހުރި ފަރާތްތައް ވެސް ހިމެނެއެވެ.

ރި-ރެޖިސްޓްރީވުމަށް އެހީތެރިވެ ދިނުމުގެ ގޮތުން ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓްގެ ފަރާތުން ވަނީ ގުލާނެ ނަމްބަރުތަކެއް ވެސް އާއްމުކޮށްފައެވެ.

ވޯޓު ރިރެޖިސްޓރީ ކުރުމަށް މެދުދާއިރާގެ މީހުން ގުޅުމަށް ހުޅުވާލާފައިވާ ނަމްބަރުތައް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !