A wide advertisement which will be shown on all devices. (700 x 100)

އަތޮޅު ކައުންސިލްގެ ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗު މާދަޑު ޓީމަށް

އަތޮޅު ކައުންސިލް ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން 4-3 ން މޮޅުވީ ފިސްޑާ ނިއު މާދަޑު ޓީމު. ފޮޓޯ : ފިސްޑާ

މިއަދު ފުވައްމުލަކު ސްޓޭޑިއަމްގައި ފެށުނު އަތޮޅު ކައުންސިލް ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗު ވާދަވެރި ކުޅުމަކަށް ފަހު 4-3 ން ކާމިޔާބުކުރީ ފިސްޑާ ނިއު މާދަޑުގެ ޓީމެވެ. މިއަދުގެ މެޗުގައި މާދަޑު ޓީމާއި ވާދަކުރީ ދަޑިމަގު އެކުވެރިންގެ ޓީމެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނީ ދެޓީމު ވެސް 2-2 ން އެއްވަރު ނަތީޖާއެއް ގައި އޮވެ ގެންނެވެ.

ހަތަރު ޓީމު ބައިވެރިވެފައިވާ މިމުބާރާތުގައި  މާދަމާ ކުޅޭނީ އެފްސީ ދަޑިމަގު ޓީމާއި ހޯދަޑު ޝާކް ހެޑް ޓީމެވެ. މާދަމާގެ މެޗު ވެސް ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:15 ގައި އެވެ.

މިމުބަރާތް ކުރިއަށް ދަނީ، ޕޮއިންޓް ސިސްޓަމަށް ކޮންމެ ޓީމެއް އަނެއް 3 ޓީމާއި ބައްދަލުކުރާ ގޮތަށެވެ. އަދި ފައިނަލަށް ހޮވޭނީ ގްރޫޕް ސްޓޭޖުގައި އެންމެ މޮޅު ދެޓީމެވެ. ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ 22 ޑިސެމްބަރު ވާ އަންގާރަ ދުވަހު ހަވީރު އެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް އަދި ފެއަރ ޕްލޭޓީމު ހޮވާ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި 21 އަހަރުން ދަށުގެ އެންމެ މޮޅުކުންތެރިޔާ އާއި އެންމެ މޮޅު ގޯލް ކީޕަރު އާއި ފެއަރ ޕްލޭ ކުޅުންތެރިޔާގެ އިތުރުން ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިޔާ ވެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. 

ފުވައްމުލަކުގައި ބޭއްވޭ ގިނަ ފުޓުބޯޅަ މުބާރާތްތަކާ އަޅާބަލާއިރު އިއްޔެގެ މެޗުން މާކަ ބޮޑު ފޯރިއެއް ނެތްކަން ފާހަނގަކުރެވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !