A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކާއި އައްޑޫއާއި ދޭތެރޭ ދަތުރު ފަތުރުގެ ޚިދުމަށް އިފުތިތާހު ކޮށްފި

ފުވައްމުލަކާއި އައްޑު އަތޮޅާއި ދޭތެރޭ ފޯރުކޮށް ދެމުން ގެންދިޔަ ފެރީގެ ޚިދުމަތް މެދުކެނޑިފައި އޮތުމަށްފަހު އެޚިދުމަށް އަނެއްކާވެސް އަލުން އިފުތިތާހު ކޮށްފިއެވެ. މި ޚިދުމަތް އިފްތިތާޙުކޮށް ދެއްވީ ފޭދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މެދުކެނޑިފައި އޮތުމަށްފަހު އައްޑު އާއި ފުވައްމުލަކާ ދޭތެރޭ ދަތުރު ފަތުރުގެ ހިދުމަތް އަލުން ދޭން ފެށުމަކީ ލިބުނު ކުރިއެރުމެއް ކަމަށާއި، އޭގެ އިތުރުން ހުޅުމީދު އާއި ފޭދު އާ ދޭތެރޭ ބާއްވާ ދަތުރު ތައް ވެސް ކުރިއަށް ވުރެ ރަނގަޅަށް އަދި ހަރުދަނާ ކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައި ވާކަމަށެވެ.

އިއްޔެ އިފްތިތާހު ކުރެވުނު ޚިދުމަތާއި ގުޅިގެން ފުވައްމުލާއި އައްޑު އަތޮޅާއި ދޭތެރޭ އޮޕަރޭޓް ކުރައްވާ ސްޕީޑް ފެރީގެ އަގަކީ 290 ރުފިޔާ ކަމަށް ވިޔަސް ފޭދޫއާއި ހުޅުމީދޫ އާއި ދޭތެރޭ އޮޕްރޭޓްކުރާ ސްޕީޑް ފެރީގެ އަގަކީ 55 ރުފިޔާ އެވެ. ފުވައްމުލަކާއި ފޭދޫ އާއި ދޭތެރޭގެ ދުރުމިނަކީ ގާތްގަޑަކަށް 29 ނޯޓިކަލް މޭލެވެ. އަދި ފޭދޫ އާއި ހުޅުމީދޫ އާއި ދޭތެރޭގެ ދުރުމިނަކީ ގާތްގަޑަކަށް 7.8 ނޯޓިކަލް މޭލެވެ. 

ފުވައްމުލަާއި އައްޑުއާއި ދޭތެރޭގެ ދަތުރުތައް ހަމެޖެހިފައި ވަނީ ކޮންމެ ހަފުތާއެއްގެ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ. އެ ދުވަސްތަކުގައި އައްޑު އަތޮޅު ފޭދޫ އިން ލޯންޗް ފުރާނީ ހެނދުނު 9:00 ގަ އެވެ. އަދި ފުވައްމުލަކުން އައްޑު އަށް ލޯންޗް ފުރާނީ މެންދުރު ފަހު 2:00 އިން ނެވެ.

އެމްޕީއެލްގެ ދަށުން ހިންގަމުން އަންނަ ހިތަދޫ ޕޯޓްސް ލިމިޓެޑާއި ހަވާލުކޮށްގެން ފެށި މި ދަތުރުތައް ކުރުމަށް ހިތަދޫ ޕޯޓްސް ލިމިޓެޑުން ވަނީ 30 މީހުންގެ ޖާގަ ހިމެނޭ 3 ލޯންޗާއި 18 މީހުންގެ ޖާގަ ހިމެނޭ އެއް ލޯންޗާއި 105 މީހުންގެ ޖާގަ ހިމެނޭ ފައިބަރު ދޯންޏެއް ގެނެސް ފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !