A wide advertisement which will be shown on all devices. (700 x 100)

ސަރުކާރުގެ ވިސްނުން ގަދަކަމުން މަސައްކަތް ކުރުވުމާ ދިމާލަށް – މަލީހު

ދިވެހި ސަރުކާރުގެ ވިސްނުން ހުރީ މުވައްޒަފުން ލައްވައި ގަދަކަމުން މަސައްކަތް ކުރުވުމާއި ދިމާލަށް ކަމަށް ދޭހަވާން ފަށައިފިކަމަށް ކުރީގެ ޔޫތު މިނިސްޓަރު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވީ ދާދި ފަހުން ރައީސް ޔާމީނު ވިދާޅުވެފައިވާ “އެއްވެސް މުވައްޒަފަކަށް އެމީހަކު ވަޒީފާ އަދާކުރާނެ ތަނެއް ނޭގޭނެ ކަމަށާއި އެތަން ކަނޑައަޅާނީ ސަރުކާރުން ކަމަށް ވިދާޅުވުމާއި ގުޅިގެން ނެވެ. މަލީހު ފާހަނގަ ކުރެއްވި ގޮތުގައި ‘ފޯސްޑް ލޭބަރ’ ނުވަތަ ގަދަކަމުން މަސައްކަތް ކުރުވުމަކީ ރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަގުވާމީ ދެ މުއާހަދާއަކުން މަނާ ކުރާކަމެކެވެ. އަދި އައިއެލްއޯ (އިންޓަރނެޝަނަލް ލޭބަރ އޯގަނައިޒޭޝަން) ގެ މިންގަޑުތަކާ ޚިލާފުކަމެއްގެ އިތުރުން އިންސާނީ ހައްގުތައް މަހުރޫމުވެގެންދާ ކަމެއް ވެސް މެއެވެ.

އައިއެލްއޯ އިން ހާމަކުރާ ގޮތުގައި ފޯސްޑް ލޭބާރގެ ސަބަބުން ބައިނަލް އަގުވާމީ އިންސާނީ ހައްގުތައް ނެތި ދިއުމުގެ އިތުރުން، ގަދަކަމުން މަސައްކަތް ކުރުވުމަކީ ފަގީރުކަމަށް މަގުފަހިކުރުވާ މައިގަޑު އެއް އަސާސެވެ. އަދި މީގެ އިތުރުން އިގުތިސާދީ ކުރިއެރުމަށް ހުރި ބޮޑު ގޮންޖެހުމެކެވެ. ރައީސް ޔާމީނަކީ އިގުތިސޯދީ މާހިރެއް ކަމަށް ބުނެ ކުރެވުނު ގިނަ ކެމްޕޭން ތަކުގައި ދެކުނު ވާހަކަތަކަށް އަމަލީ މައިދާނުން މިފެންނަ ކަންތަކާއި ދިމާވޭތޯ އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުން ނެވެ.

މައިގަނޑު ގޮތެއްގައި ގަދަކަމުން މަސައްކަތް ކުރުވާނީ އަމިއްލަ މީހުންގެ ކުންފުނިތަކުން ކަމުގައި ވިޔަސް ސަރުކާރާއި ދައުލަތުގެ މުއައްސަސާ ތަކުން ވެސް %10 ހިއްސާކުރާ ކަމަށް އައިއެލްއޯގެ ދިރާސާތަކުން ދައްކައެވެ.

ރާއްޖެގެ ސަރުކާރުން ފޯސްޑް ލޭބަރއަށް ދޭހަވާ ފަދަ އިބާރާތަކުން ރައީސުލް ޖުމްހޫރިއްޔާ އާއްމުންނާއި މުޚާތަބު ކުރެއްވުމުން ގިނަބަޔަކު އަންނަނީ އެކަން ކުށްވެރިކޮށް ސޯޝަލް މީޑީއާ އަދި އެކިއެކި މީހުން އެއްވާ ތަންތަނުން ވާހަކަ ދައްކަމުންނެވެ.

ޚާއްސަ ކަޮށް ރައީސް ޔާމީނު ވިދާޅުވި ” މުވައްޒަފުން ހަޅުތާލު ކުރާނަމަ މުސާރައިން ވެސް ކެނޑޭނެ އަދި އެހެން ކަންތައްތައް ވެސް ވާނެ” އިބާރާތަށް އަންނަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒު ވަމުންނެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !