22 ޖުލައި 2019 ( ހޯމަ )

މިހާރު ޖަލުގެ ބަންދުގައި ވާ ކުރީގެ ނާއިބުރައީސް އަދީބުއާއި ކާނަލް ނާޒިމު ފެނިގެން ގޮސްފައިވަނީ ޕިޕީއެމް ސަރުކާރުގެ އިސް ދެތަނބުގެ ގޮތުގައި.

ކާނަލް ނާޒިމު ވަރަށް އަވަހަށް މިނިވަން ވާނެ- ނާޒިމުގެ ސަޕޯޓަރެއް

ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކާނަލް ނާޒިމު ވަރަށް އަވަހަށް މިނިވަން ވާނެކަމަށް އުއްމީދު ކުރާކަމަށް ނާޒިމުއަށް ތާއިދު ކުރާ ޕީޕީއެމް ފުވައްމުލަކުގެ އިސް އެކްޓިވިސްޓަކު މިއަދު ބުނެފިއެވެ. އޭނާ މިހެން ބުނެފައިވާއިރު މިއަދު ނާޒިމުގެ އާއިލާއިން ވެސް ވަނީ ނާޒިމު ވަރަށް އަވަހަށް މިނިވަންވާނެ ކަމަށް މީޑިއާއަށް ހާމަކޮށްފައެވެ.

ޕީޕީއެމްގެ އިސް އެކްޓިވިސްޓް ހާމަކުރި ގޮތުން އޭނާ ގަބޫލުކުރާ ގޮތުގައި ނާޒިމު އެފަދަކަމެއް (ގަވާއިދާއި ޚިލާފަށް ހަތިޔާރު ގެންގުޅުން) ނުކުރާނެ ކަން ވަރަށް ބޮޑަށް ޔަގީން ވެއެވެ. އޭނާ ބުނާ ގޮތުން ނާޒިމަކީ އެކަހަލަ މީހެއް ނޫން ކަމުގެ ޔަގީންކަން އަބަދުވެސް އޮންނަ ކަމަށެވެ. އަދި ނާޒިމު މިނިވަންވާނެ ކަމަށް ބެލެވެނީ މިހާރު ހައިކޯޓުގައި ކުރިޔަށްދާ އިސްތިއުނާފު މަރުހަލާގެ ތެރެއިން ކަމަށެވެ.

ނާޒިމުގެ ފަރާތުން ހާމަކުރި މިވާހަކަތަކަށް ބާރުލިބޭ އެއްކަމަކީ ދައުލަތުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ ލިޔުމާއި ނާޒިމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމަށް ހުށަހަޅާފައިވާ ފިސްތޯލައާއި ގުޅޭ މައުލޫމާތުތަކުގައި ބޮޑު ތައާރަޒުވުމެއް ހުރުމެވެ.

މިކަލް ނޫހާއި ވާހަކަ ދެއްކި ޕީޕީއެމްގެ ވަރަށް އިސް ދެ އެކްޓިވިސްޓުން ވެސް ބުނާ ގޮތުން ކާނަލް ނާޒިމު 2018ގެ ރިޔާސީ އިންތިޚާބަށް ނިކުމެފިނަމަ އެމީހުން ނާޒިމާއެކު މަސައްކަތް ކުރަން ތިބީ ތައްޔާރަށެވެ.


ކިޔުންތެރިންގެ ޚިޔާލު