15 ޑިސެމްބަރ 2019 ( އާދީއްތަ )

ކުރީގެ ރައީސް ނަޝީދު ކައުންސިލް މެމްބަރުންނާއި ބައްދަލު ކުރެއްވުން (ކުރީގެ ފޮޓޯއެއް)

ފުވައްމުލައް ސިޓީގެ ސްކޫލްތައް ވެސް މުސްތަގުބަލުގައި ހިންގާނީ ސިޓީ ކައުންސިލް ހިމެނޭ ބޯޑަކުން

ފުވައްމުލައް ސިޓީގެ ސްކޫލްތައް ވެސް ކުރިޔަށް އޮތްތަނުގައި ހިންގާނީ ފުވައްމުލައް ސިޓީ ކައުންސިލް ހިމެނޭ ބޯޑަކުން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ. ހަމަ އެގޮތަށް ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ވެސް އެސިޓީއެއްގެ ސްކޫލްތައް ހިންގުން އެފަދަ ބޯޑެއްގެ ބެލުމުގެ ދަށަށް ގެނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވީ ދާދި ފަހުން ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ސިޓީ ކައުންސިލާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަ ފުޅަގައެވެ.

މިނިސްޓަރ ފާހަގަ ކުރެއްވި ގޮތުގައި ސިޓީ ކައުންސިލްގެ ސްކޫލަތައް ސިޓީ ކައުންސިލް ހިމެނޭ ބޯޑަކުން ކުރިޔަށް ގެންދަނީ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ކަމަށާއި އެގޮތަށް ކުރިޔަށް ގެންދާން ފެށުމުން ސްކޫލްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ސިޓީ ކައުންސިލާއެކު އެޑިއުކޭޝަން މިނިސްޓަރ ބޭއްވި ބައްދަލުވުމުގައި އެޑިއުކޭޝަން ޔުނިޓެއް ސިޓީ ކައުންސިލުގައި ގާއިމުކުރުމަށް މަޝްވަރާ ކުރައްވާފައި ވެއެވެ. އެގޮތުން ސިވިލް ސާވިސް އޮނިގަނޑަށް ބަދަލުތަކެއް ގެނެސްގެން ސިޓީ ކައުންސިލްތަކުގައި އެޑިއުކޭޝަން ޔުނިޓެއް ގާއިމުކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ސްކޫލަތަކާއި ސިޓީ ކައުންސިލްތަކާއި ދެމެދު މިހާރު އޮންނަނީ އެހާ ބަދަހި ގުޅުމެއް ނޫން ކަމަށް ގިނަބަޔަކު ސިފަ ކުރެއެވެ. ގިނަ ފަހަރަށް ގުޅުމެއް އޮންނަނީ ސިޓީ ކައުންސިލުން އެފަރާތްތަކަށް ބާއްވާ ކުޅިވަރު ހަރަކާތެއްގައި ނުވަތަ ކޮންމެވެސް ރަސްމީ މުނާސަބާއެއް ފާހަގަ ކުރުމުގެ ހަރަކާތުގައި އެކަންޏެވެ.

މިހާރު އޮންނަ ގޮތުން ސްކޫލްތަކުގެ ބޮޑެތި މައްސަލަތަކާއި ކަންކަމުގައި ކައުންސިލުގެ އެއްވެސް ދައުރެއް ނޯވެއެވެ. ބަހެއް ހޯދުމެއް ނޯވެއެވެ.

އެހެން ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން މިގެންނަން އުޅޭ ބަދަލުގެ ނަތީޖާ ނުކުންނާނެ ގޮތަކާއި މެދު ގިނަބަޔަކު ތިބީ ސުވާލު މާކެއްގެ ތެރޭގައެވެ.ކިޔުންތެރިންގެ ޚިޔާލު


  1. ހަސަނާ 27 ފެބުރުއަރީ 2019 12:02

    ކައުންސިލްގައި އެބަތިބިތަ ފަންނީ ބަޔަކު. މޭޔަރަކީ …ބޯ މީހެއް. ލަދުން ބޯ ހަލާކު. މިވަރު މީހުން ހޮވުމަކީ ބޮޑުވަރު. ޕާޓީ ވިޔަސް …. މީހުން ހޮވާކަށް ނުޖެހޭ

    ފުވައްމުލަކު އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރަކަށް ފުވައްމުލަކު ކެނެރީގެ އަޙްމަދު ސަޢީދު އިއްޔެ ހަމަޖައްސަވައިފި. މިޚަބަރު ޖަހާބަލަ.

    މިކަން ނުލިބިގެން އުޅުނު މީހުން ވަރަށް ފޯރި ހުންނާނެ