A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން އަންނަ އަންގާރަ ދުވަހު

މަޖުލިސް 19 އަށް ފުވައްމުލައް ސިޓީ އިން ވާދަކުރުމަށް ފޯމު ބަލައިގެންފައިވާ 8 ކެނޑިޑޭޓުން

ކުރިޔަށް އޮތް ރައްޔިތްގެ މަޖުލިސް އިންތިޚާބުގައި ވާދަކުރާ ފުވައމުލައް ސިޓީ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ގުރުއަތުލުން މާދަމާ ފެށޭ މާރޗުމަހުގެ 5 ވާ އަންގާރަ ދުވަހު ބޭއްވުމަށް އިލެކްޝަނސް ކަމިޝަނުން ތާވަލް ކޮށްފިއެވެ.

ރައްޔިތުންގެ މަޖުލީހުގެ މިފަހަރުގެ އިންތިޚާބަށް ފުވައްމުލަކުން ކުރިމަތިލާފައި ވަނީ ޖުމްލަ 8 ކެންޑިޑޭޓުންނެވެ. އެއީ

ފުވައްމުލަކު އުތުރު ދާއިރާ އިން 3 ކެންޑިޑޭޓުން.

މުހައްމަދު ރަޝީދު (ދޮންބެ) – އެމްޑީޕީ

އަލީ ޝާހު – އަމިއްލަ ގޮތުން

ހަސަން އަބްދުﷲ – އަމިއްލަ ގޮތުން

 

ފުވައްމުލަކު މެ ދާއިރާ އިން 2 ކެންޑިޑޭޓުން.

ހުސޭން މުޙައްމަދު ދީދީ – އެމްޑީޕީ

ހަސަން ޚާލިދު – ޕީޕީއެމް-ޕީއެންސީ

 

ފުވައްމުލަކު ދެކުނު ދާއިރާ އިން 3 ކެންޑިޑޭޓުން.

މުހައްމަދު މުމްތާޒު – އެމްޑީޕީ

އަލީ ފަޒާދު – އަމިއްލަ ގޮތުން

މުހައްމަދު އަޙުމަދު އަބްދުﷲ (މޯޑު) – އަމިއްލަ ގޮތުން އެވެ.

 

ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަން ކަމިޝަނުން ރަސްމީ ސިފައެއް ގައި އިއުލާން ނުކުރި ނަމަވެސް މުޅި ރާއްޖެއިން 395 ކެންޑިޑޭޓުން މިފަހަރުގެ އިންތިާޚބުގައި ވާދަކުރުމަށް ކުރިމަތިލާފައިވާ ކަމަށް އެކޮމިޝަނުން ކުރިން ވަނީ ބުނެފައެވެ. ނަމަވެސް އިއްޔެ ސްޕްރީމް ކޯޓުގެ ހުކުމަކުން ކުރިން ބަލައިނުގެންފައިވާ ކެނޑިޭންސީއެއް ބަލައިގަތުމަށް އަމުރުކުރުމާއެކު މާލޭ އިދާރީ ދާއިރާއަށް 1 ކެންޑިޑޭޓަކު އިތުރުވާނެއެވެ. އެއާއެކު މިހާތަނަށް 396 ކެންދިޑޭޓުން ވާނެއެވެ.

ޕްރައިމަރީން ބަލިވާ ފަރާތްތަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު ދޭން ސްޕްރީމް ކޯޓުން ހުކުމް ކުރުމާއެކު މިއަދަދުތައް އިތުރު ވެގެން ދާނެއެވެ. އެގޮތުން މާދަމާ ފެށޭ މާރޗު 4 ގެ ނިޔަލަށް ޕްރައިމަރީން ބަލިވެފައިވާ ފަރާތްތަކުގެ ތެރެއިން އިންތިޚާބުގައި ވާދަކުރުމަށް އެދޭ ފަރާތްތަކަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

މިފަހަރުގެ މަޖުލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ގުރު ލުން މާރޗު 4 ގައި ފެށުމަށް ވެސް ވަނީ ތާވަލް ކުރެވިފައެވެ. ނަމަވެސް ދެކުނުގެ އަތޮޅުތަކުގެ ކެންޑިޑޭޓުން ގެ ނަން ތަރުތީބު ކުރުން މިއޮތީ މާރޗު 5 ވާ އަންގާރަ ދުވަހު މެންދަމު 1:00 – 2:00 އަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !