A wide advertisement which will be shown on all devices. (700 x 100)

ސިވިލް ކޯޓުގެ ހުކުމާއެއްގޮތަށް ސިމާދުއަށް އެމްއެންޑީއެފުގެ ވަޒީފާ އިއާދަކޮށްދީފި

ބޮޑީގާޑު - އިބްރާހިމް ސިމާދު (މެދުގައި) ރައީސް އިބްރާހިމް މުހައްމަދު ސޯލިޙާއި ނާއިބު ރައީސް ފައިސަލް ނަސީމާ ރިޔާސީ ކެމްޕޭނުގައި

ސިވިލް ކޯޓުގެ ހުކުމާއި އެއްގޮތަށް ކުރީގެ ރައީސް ނަޝީދުގެ ބޮޑީގާޑު ފުވައްމުލަކު މާލެގަން، ބުލޫ ހެވަން އިބްރާހިމް ސިމާދު (ސިންބާ) އެމްއެންޑީއެފްގެ ވަޒީފާއަށް ނުކުންނަން ފަށައިފިއެވެ.

ސިމާދު އެމްއެންޑީއެފްގެ ވަޒީފާއިން ވަކިކުރީ 2018 ވަނަ އަހަރު ފެބްރުއަރީ މަހު 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން ދައުލަތުގެ ތެރޭގައި ހިނގައިދިޔަ ކަންތައްތަކުގެ ތެރޭގައެވެ. އެގޮތުން އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީނު ނެރުއްވި ކުއްލި ހާލަތުގެ އަމުރުގެ ދަށުން، އޭނާގެ މައްޗަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުކޮށް، ހައްޔަރު ކުރި މީހުންގެ ތެރޭގައި އޭނާ ވެސް ހިމެނުނީއެވެ.

ފަހުން ސިމާދުގެ މަގާމު، ސްޓާފް ސާޖަންޓު ކަމުން ދަށްކޮށް އެމްއެންޑީއެފްގެ ވަޒީފާ އިން އޭނާ ވަކި ވެސް ކުރީއެވެ. މި މައްސަލަ އޭނާ ސިވިލް ކޯޓަށް ހުށަހެޅުމުން ދައުލަތުގެ ވަކީލު ވަނީ ސިމާދު ވަޒީފާއިން ވަކިކުރުމާއި ވަޒީފާ ދަށްކޮށްފައި ވަނީ ގާނޫނު އަސާސިއާއި ގާނޫނުތަކާއި އުސޫލުތަކާއި ޚިލާފަށް ކަމަށް އެއްބަސްވެފައެވެ.

މިމައްސަލާގައި އޭނާގެ ވަޒީފާ ދަށްކުރުމުގެ ކުރިން ހުރި މަގާމަށް ރުޖޫއަ ކުރުމަށާއި އޭނާ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަލުން ދޭ ދުވަހާއި ހަމަޔަށް އެއީ އޭނާގެ ވަޒީފާ އަދާކުރި މުއްދަތުކަމުގައި ބަލައި އެދުވަސްތަކަށް ވާ މުސާރައާއި އިނާޔަތްތައްކުގެ ގޮތުގައި 212،210.36 ރުފިޔާ، 4 މަސް ދުވަހުގެ ތެރޭގައި އޭނާއަށް ދިނުމަށް ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރުމަށް ސިވިލްކޯޓުގެ އެހުކުމުގައި ވެއެވެ.

ސިވިލް ކޯޓުގެ ހުކުމާއި އެއްގޮތަށް އޭނާ މިހާރު ވަޒީފާއަށް ނިކުންނަން ވަނީ ފަށާފައެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ދުވަސްވަރު ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ބޮޑީގާޑެއްގެ ގޮތުގައި ސިމާދު ވަނީ ހަރަކާތްތެރިވެފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • އާކާސް މުހައިމިނު ކުޅުދުއްފުށި

    މި ސަރުކާރު އަހަރެމެންގެނައީ އަހަރެމެންގެ ފައިސާ ބަހާ ހުސްކޮށް ޕާޓީ މެންބަރުން މަޖާނަގަންތޯ. ޔާމީނުވެސް އުޅުނީ އެހެން