A wide advertisement which will be shown on all devices. (700 x 100)

ރޯޒާގެ ވާހަކަ ފޮތް “މާދަމާ” ނުކުމެއްޖެ

ރޯޒާގެ ވާހަކަ - 'މާދަމާ' ވާޒާރަށް ނެރެފި: މިވާހަކައަށް ވަނީ މުބާރާތުން އެއްވަނަ ލިބިފައި

ކުރުވާހަކަ ލިޔުމުގެ މުބާރާތުން އެއްވަނަ ހާސިލުކުރި ފުވައްމުލަކު ދަޑިމަގު އަހިވަލިގެ ރޯޒާ އިބްރާހިމް ލިޔުއްވާފައިވާ ވަހަކަ ފޮތް “މާދަމާ” ނުކުމެއްޖެއެވެ. ރޯޒާގެ މިވާހަކަ އަކީ ރައީސުލް ޖުމްހޫރިއްޔާގެ އިނާމު އެއަހަރު ހާސިލުކުރި ވާހަކަ ފޮތެކެވެ. މިވާހަކަ ފޮތް ޕަބްލިޝްކޮށް ނެރުނީ ދިވެހި ބަހުގެ އެކަޑެމީއިންނެވެ.

މި ވާހަކާއިގެ ބައެއް ބައިތައް ފުވައްމުލަކުގެ ބަހުރުވައިން ވެސް ގެނެސް ދީފައި ވެއެވެ.

މިއީ ފުވައްމުލަކުގެ މީހަކު ލިޔެ ޝާއިޢުކޮށްފައިވާ މަދު ވާހަކަތަކުން މިފަހުން ގައުމީ ފެންވަރުން ވަނައެއް ލިބުނު ފުރަތަމަ ވާހަކައެވެ.

ރޯޒާ ހާމަކުރި ގޮތުގައި މިވާހަކަ ބޮޑަށް އަމާޒުކޮށްފައި ވަނީ ފުރާވަރުގެ ކުދިންނަށެވެ. މިވާހަކައިގައި ސައިންސްގެ ހަގީގަތްތަކެއް އެކުލެވޭ ގޮތަށް ގެނެސްދީފައި ވަނީ  “ސައިންސް ފިކްޝަން ސްޓޯރީ” އެއްގެ ގޮތުގައެވެ.

ވާހަކައިގައި 2050 އާއި ހަމަޔަށް ދިވެހިރާއްޖޭގެ ތަރައްގީގެ ގޮތުން ތަޖުރިބާ ކުރާނެ ކަންތަކެއް ގެނެސްދީފައި ވެއެވެ. 2016 ވަނަ އަހަރު ލިޔުނު މިވާހަކަ ފޮތް މުބާރާތުން އެއްވަނަ ހޯދީ ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިންގެ ވާހަކަތަކާއި ވާދަކޮށްގެންނެވެ.

މިހާރު މިވާހަކަ ފޮތް ދިވެހި ބަހުގެ އެކަޑެމީގެ ފޮތް ފިހާރައިން ގަންނަން ލިބެން އެބަހުއްޓެވެ. އޭގެ އިތުރުން ފޮތް ބޭނުންވާ ފަރާތްތަކަށް ގެންގޮސްދޭ ގޮތަށް ވެސް ހަމަޖެހިފައިވާ ކަމަށް ރޯޒާ ހާމަކުރެއެވެ.

މިވާހަކައިގެ އިތުރުން ރޯޒާގެ ދަރިފުޅުގެ ލިޔެފައި ވާ “ރަންދާގެ ވާހަކަތައް” މިފޮތަށް ވަނީ 2011 ވަނަ އަހަރު ދިވެހި ބަހުގެ އެކަޑެމީން ބޭއްވި ކުޑަކުދިން ކިޔާނެ ފޮތް ލިޔުމުގެ މުބާރާތުން 2 ވަނަ ލިބިފައެވެ. އަދި އެފޮތް ވަނީ 2011 ވަނަ އަހަރު ބާޒާރަށް ނެރެފައެވެ.

ރޯޒާގެ ދަރިފުޅު ރަންދާ ގެ ވާހަކަތައް – މި ފޮތަށް ވަނީ މުބާރާތުން 2 ވަނަ ލިބިފައި

ރަންދާގެ ވާހަކަ ފޮތަކީ ޕްރީސްކޫލާއި ޕްރީ-ޕްރައިމަރީ ދަރިވަރުންނަށް އަމާޒުކޮށްގެން، އެއުމުރުގެ ދަރިވަރުންގެ ބަހުރުވަ ހުންނަ ގޮތަށް އަމާޒުކުރެވިގެން ލިޔެފައިވާ 3 ވާހަކައެއްގެ މައްޗަށް އެކުލަވާލާފައިވާ ކުރު ވާހަކަ ފޮތެކެވެ. މި ފޮތް ރާދަ ބުކުޝޮޕުން ލިބެން އެބަހުއްޓެވެ.

“ރަންދާގެ ވާހަކަތައް” އަކީ ކުޑަކުދިންގެ ވާހަކަ ފޮތަކަށް ވުމާއެކު އަނކުރު ބޮޑުކޮށް ކުލަކޮށް ފޮޓޯ އާއެކު ކުދިންނަށް ކިޔަން ފަސޭހަވާނެ ގޮތަށް ޕްރިންޓް ކުރެވިފައިވާ ފޮތެކެވެ. ފޮތެއްގެ އަގަކީ -/25 ރުފިޔާއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !