17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

އެމްޑީޕީ ދެކުނު ޕްރޮވިންސްގެ ރައީސްކަމުން މުސްތަފާ އިސްތިއުފާދީފި

އެމްޑީޕީ ދެކުނު ޕްރޮވިންސްގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މުހައްމަދު މުސްތަފާ އަހްމަދު (ކިނާރީގެ މުސްތަފާ) މިއަދު އިސްތިއުފާދީފިއެވެ.
އެމްޑީޕީ ޗެއާޕާސަން އަލީ ވަހީދު އަށް މިއަދު މުސްތަފާ ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ “ދިރިއުޅުމުގެ ކަންތައް މިވަގުތު ހުރިގޮތުން ޕާޓީގެ އިސްމަގާމެއްގައި ހުރެގެން ޕާޓީއަށް ޚިދުމަތްކުރުމަށް ވަގުތު ދެވެންނެތުމާއި އަދި އިޚްލާސްތެރިކަމާއިއެކު ޕާޓީއަށް ޚިދުމަތްކުރުމުގައި ދެމިތިބި، ޕާޓީގެ ލީޑަރޝިޕަށް އަންނަން ބޭނުންވާ ޒުވާނުންނަށް ފުރުޞަތު ދިނުމުގެގޮތުން” ކަމަށެވެ.
މުސްތަފާވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކޮށްފައެވެ. ނަމަވެސް ޕްރައިމަރީ އޭރު ކާމިޔާބުކުރީ ވިޔަފާރިވެރިޔާ ކެމްޕަސް އަހްމަދު އިބްރާހިމް ދީދީ އެވެ.

banner

ކިޔުންތެރިންގެ ޚިޔާލު