A wide advertisement which will be shown on all devices. (700 x 100)

ރޯޒްމީޑް އަހުމަދު އަލީ ދީދީގެ ހަނދާނުގައި ބާއްވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ފުވައްމުލަކުގައި ތަފާތު ގުރުއާން މުބާރާތްތައް ބާއްވަމުން އާދޭ.

ރޯޒްމީޑް އަހުމަދު އަލީ ދީދީގެ ހަނދާނުގައި ބާއްވާ 3 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް މުޅި ފުވައްމުލައް ސިޓީއަށް ހުޅުވާލައިފިއެވެ. މިމުބާރާތް  ބޭއްވުމަށް ހަމަ ޖެހިފައިވަނީ އަންނަ މޭމަހު (ރޯދަމަހު) ގެ ތެރޭގައެވެ.

ފުވައްމުލައް ސިޓީގެ ހުރިހާ އެންމެންނަށް ހުޅުވާލެވިފައިވާ މިމުބާރާތުގެ މަގުސަދަކީ އެސިޓީގައި ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނާއި މެދު ލޯބި ޖެއްސުމެވެ. މީގެ އިތުރުން ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކުރުމާއި ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ރީތިކޮށް ޤުރުއާން ކިޔެވުމުގެ ވާދަވެރި ރޫހެއް އުފެއްދުމުގެ މަގުސަދު ކަމަށް މިމުބާރާތް އިންތިޒާމު ކުރާ ޒިކުރާ ސްކޫލުން ހާމަކުރެއެވެ.

މުބާރާތުގައި އެކި އުމުރުފުރާއިން ބޭނުން ކޮންމެ މީހަކަށް ވާދަކުރެވޭ އިރު ވަކި ކެޓަގަރީއެއްގެ ގޮތުގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީއެއް ވެސް ހިމަނާފައި ވެއެވެ.

މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު މާލެގަމުގައި ހުންނަ ޒިކުރާ ސްކޫލުން ލިބެން ހުންނާނެ ކަމަށް އިއުލާންކޮށްފައި ވެއެވެ. މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ އޭޕްރީލް މަހު 4 ވަނަދުވަހުގެ ކުރިން އާއިޑީކާޑު ކޮޕީ އާއެކު އެސްކޫލަށް ހުށަހެޅުމަށް ވެއެވެ.

މިމުބާރާތުގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލުން ވެސް ގުރުއާން ސިޓީ ފެންވަރުގައި މުބާރާތެއް ބާއްވަމުން އާދެއެވެ. އަދި ކުރިން މިހާރުގެ ނާއިބު ރައީސް ގެ ފައިސަލް ފައުނޑޭޝަނުން “ކެލާގެ މުހައމްަދު ބޭގެ ހަނދާދުގައި ” ގުރުއާން މުބާރާތެއް ބާއްވާފައި ވެއެވެ.

މީގެ އތުރުން ވެސް ފުވައްމުލަކުގެ ސްކޫލްތަކުން ވެސް އެސްކޫލްތަކުގެ ދަރިވަރުންނަށް ގުރުއާން މުބާރާތްތައް ކޮންމެ އަހަރަކު ވެސް ބާއްވަމުން އާދެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ައަހުމަދު ފަޅުހުވަނި

    ކެލާގެ މުޙައްމަދު ބެއަގެ ހަނދާނީ ގުރުއާން މުބާރާތް ބޭއްވީ ޒިކުރާ އިން. ފައިސަލު ފައުންޑޭޝަނުން ގުރުއާން މުބާރާތް ބޭއްވީ އަލްޙާފިޒު އަހުމަދު މުޙައްމަދުދީދީ ގެ ހަނދާނުގައި.

  • ައަހުމަދު

    ކެލާގެ މުޙައްމަދު ބެއަގެ ހަނދާނީ ގުރުއާން މުބާރާތް ބޭއްވީ ޒިކުރާ އިން. ފައިސަލު ފައުންޑޭޝަނުން ގުރުއާން މުބާރާތް ބޭއްވީ އަލްޙާފިޒު އަހުމަދު މުޙައްމަދުދީދީ ގެ ހަނދާނުގައި.