A wide advertisement which will be shown on all devices. (700 x 100)

ވޯޓު ކަރުދާހުގައި ލިޔެ ކުރަހާ ނަމަ ވޯޓު ބާތިލް ވާގޮތަށް ފާސްކޮށްފި

ރާއްޖޭގެ ވެރިކަން ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމަށް ނެގި ވޯޓުގަިއ ބޭނުންކުރި ވޯޓުކަރުދާހުގެ ނަމޫނާއެއް.

އިންތިޚާބުތަކުގައި ވޯޓުލާ ކަރުދާހުގައި ކަނޑައެޅިފައިވާ ފާހަގަ ޖެހުން ފިޔަވައި އިތުރު އެއްޗެހި ކުރަހާ ލިޔެ ހަދައިފިނަމަ އެވޯޓެއް ބާތިލް ކުރާ ގޮތަށް ރައްޔިތުްނގެ މަޖުލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ. މި އިސްލހު ގާނޫނުގެ ބަޔަކަށް ވެގެން ދާނީ ރައީސުލް ޖުމްހޫރިއްޔާ ތަޝްދީގުކޮށް ޒެޓް ކުރުމުުން ނެވެ.

ޕީޕީއެމްގެ ވެރިކަމުގައި ވޯޓު-ޓެގް ކުރާތީ އެކަން ހުއްޓުވަައި ވޯޓުގެ ސިއްރުކަން ޔަގީން ކުރުމަށް މަޖުލީހަށް ބިލް ހުށަހެޅުމުން އެފަހަރު ޕީޕީއެމްގެ މެންބަރުން ވއަނި އެ ބިލް މަޖުލީހުން ފެއިލްކޮސ ްބޭރުކޮށްލާފައެވެ. ނަމަވެސް މިފަހަރު ޕީޕީއެމް އިދިކޮޅު ސިޔާސީ ޕާޓީއެއްގައި ތިބި އިރު އެކަން ކުރަން މަޖުލީހަށް ހުށަހެޅުމުން މަޖުލިސް ތަޅުމުގައި އެކަމަށް ފާޑު ކިޔުން އަމާޒުވިއެވެ. ނަމަވެސް މަޖުލީހު ޖަލްސާއަށް ހާޒިރުވެ ތިބި 53 މެންބަރުންގެ ވޯޓާއެކު މިއަދު އެ އިސްލާހު މިވަނީ ފާސްކޮށްފައެވެ.

އެމްދީޕީ މެންބަރުން ބުނެފައިވަނީ ތިމަންނާމެން ވެރިކަމުގައި ތިެގެން ވެސް ވޯޓުގެ ސިއްރުކަން އާއްމު ރައްޔިތުމީހާއަށް ޔަގީންކޮށްދޭން ބޭނުންވާ ކަމަށާއި އެއިސްލާހު ކޮންމެ މީހަކު ހުށަހެޅިޔަސް ވޯޓު ދޭނެ ކަމަށެވެ.

ވޯޓުކަރުދާހުގަިއ ކުރަހަފިނަމަ ވޯޓު ބާތިލުވާނެ.

މިއަދުގެ އިސްލާހަށް އަމަލު ކުރަން ފެށުމުން ވޯޓުގެ ސިއްރުކަން ޔަގީން ކުރުމަށް ފަސޭހަވެގެން ދާނެއެވެ. އަދި ވޯޓު ގަތުމަށް ކުރާ މަސައްކަތަށް އިތުރު އުނދަގޫތަކެއް ކުރިމަތިވާނެއެވެ.

އަދި ވޯޓުގެ ސައްހަކަން ކަށަވަރު ކުރުމަށް ވޯޓު ލާމީހުންގެ ފަރުވާތެރިކަން ވެސް އިތުރުވެ ވޯޓު ގުނުމުގަިއ ބާތިލު ކަނޑައަޅަން ވެސް ފަސޭހަ ވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދުގެ އިސްލާހާއެކު ކުރިޔަށް އޮތް ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބުގެ ވޯޓުގައި މިގޮތަށ ްއަމަލު ކުރެވިގެންދަނެކަމަށް ބެލެވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !