A wide advertisement which will be shown on all devices. (700 x 100)

އައިއޯޔޫގެ ރަސްމީ އެގްޒާމް ސެންޓަރުގެ ތެރޭގައި އައިޑިއަލް ސްކޫލު އެކްރެޑިޓްވެއްޖެ

ފޮޓޯ: އައިއޯޔޫ ދިވެހި ދަރިވަރުންގެ ފޭސްބުކު ޕޭޖް

މަޝްހޫރު އިލްމުވެރިއެއް ކަމަށްވާ ޑރ. ބިލާލް ފިލިޕްސްގެ މަސްއޫލުވެރި ކަމުގެ ދަށުން ހިންގާ އިސްލާމިކް އޮންލައިން ޔުނިވަރސިޓީގެ ކޯސްތަކުގެ ރަސްމީ އެގްޒާމް ސެންޓަރުގެ ތެރޭގައި ފުވައްމުލަކުގެ ގާޑިއަން އެސޯސިއޭޝަނުން ހިންގާ އައިޑިއަލް ސްކޫލް ހިމެނިއްޖެއެވެ. 

އިސްލާމިކް އޮންލައިން ޔުނިވަރސިޓީ (އައި އޯ ޔޫ)ގެ ކޯސްތަކުގެ އެގްޒޭމް ސެންޓަރުތަކެއްގެ ގޮތުގައި ވަނީ މާލެއިން ޖަމްއިއްޔަތުއް ސަލަފާއި، އައްޑޫއިން ޖަމްއިއްޔަތުއް ނޫރު އާއި ފުވައްމުލަކުން  އައިޑިއަލް ސްކޫލް ހިމެނެއެވެ.

ޓިއުޝަން ފީ ނުނަގާ ހިންގާ އިސްލާމިކް އޮންލައިން ޔުނިވަރސިޓީ ނުވަތަ އައިއޯޔޫގެ ރަސްމީ ފަސް އެގްޒާމް ސެންޓަރެއް އައިޑިއަލް ސްކޫލާއިއެކު މިހާރު ރާއްޖޭގައި ރަޖިސްޓްރީވެފައި ވެއެވެ. އައިޑިއަލް ސްކޫލްގައި އެގްޒާމް ހަދަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުސަތު އަންނަ ފެބްރުއަރީ މަހު އޮންނަ އިމްތިހާނުން ފެށިގެން ލިބޭނެ ކަމަށް އައިޑިއަލް ސްކޫލުން ހާމަކުރެއެވެ. އައިޑިއަލް ސްކޫލް އައިއޯޔޫގެ ރަސްމީ އެގްޒާމް ސެންޓަރަކަށް ވުމާއި އެކު ފުވައްމުލަކުގައި ތިބެގެން ހިލޭ މާސްޓަރސް އާއި ހަމައަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އައިޑިއަލް ސްކޫލުން ހާމަކުރެއެވެ.

އައިއޯޔޫ އިން ހާމަކުރައްވާ ގޮތުން އެޔުނިވަރސިޓީގެ ކޯސްތަކުގެ ފައިނަލް އިމްތިހާނު ހަދަން އެފަރާތުން އެޕްރޫވް ކޮށްފައިވާ ކޮންމެ ސްޓަޑީ ސެންޓރެއް ވެސް ދަރިވަރުންނަށް ޚިޔާރު ކުރެވިދާނެއެވެ. ފުވައްމުލަކުން އެގްޒޭމް ހަދަން އެދޭ ދަރިވަރުންނަށް އައިޑިއަލް ސްކޫލުން އެއްވެސް އެއްވެސް ފީއަކާއި ނުލައި އެގްޒޭމް ހެދޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެސްކޫލް ހިންގުމާއި ހަވާލުވެ ހުންނެވި މުހައްމަދު ޙުސައިން (ހުޅެހި) ހާމަކުރެއްވިއެވެ. އަދި އިސްލާމިކް އޮންލައިން ޔުނިވަރސިޓީގެ ކޯސްތަކާބެހޭ މައުލޫމާތުގެ އިތުރުން އެގްޒޭމް އާއި ގުޅޭ އިތުރު މައުލޫމާތު 9993010 އާއި ގުޅުއްވުމުން ލިބޭނެ ކަމަށެވެ. 

ދިވެހި ދިހަވަރަކަށް ދަރިވަރުން އައިއޯޔޫގައި މިހާރުވެސް ތައުލީމު ހާސިލު ކުރަމުންދާއިރު އޭގެ ތެރޭގައި ފުވައްމުލަކު ދެ ދަރިވަރަކު ވެސް ހިމެނެއެވެ. އަދި އައިއޯޔޫގެ ޑިގްރީ ކޯހެއް އެންމެ ފުރަތަމަ ނިންމި ދިވެހި ދަރިވަރަކީ ވެސް ފުވައްމުލަކު ދަރިވަރެކެވެ. 

ރާއްޖޭގައި ވެސް މިހާރު އިސްލާމިކް އޮންލައިން ޔުނިވަރސިޓީީގެ ކޯސްތައް އަންނަނީ މަޝްހޫރުވަމުންނެވެ. ދީނީ އިލްމުގެ ގިނަ އަދަދެއްގެ ކޯސްތަކެއް ހިމެނޭ އައިއޯޔޫގެ ކޯސްތަކަށް ޚަރަދުވަނީ ނިސްބަތުން ވަރަށް ކުޑަަ އެއްޗެކެވެ. އެޔުނިވަރސޓީީން ހާމަކުރައްވާ ގޮތުން މުޅި ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް މުޅިން ހިލޭ ބެޗެލަރސް ކޯހެއް ހުޅިވާލީ އެފަރާތުންނެވެ.

ބިޒިނަސް އެޑްމިނިސްޓްރޭޝަން، އިސްލާމިކް ސްޓަޑީސް، އިސްލާމިކް ބޭންކިންގ، އައިޓީ، އެޑިއުކޭޝަން، ސައިކޮލޮޖީ ދާއިރާއިން ހިލޭ ޑިގްރީ ފެންވަރަށް އޮންލައިން ކޮށް ކިޔެވުމުގެ ފުރުސަތު އައިއޯޔޫއިން ލިބެއެވެ. އަދި އިސްލާމިކް ސްޓަޑީޒް އިން މާސްޓާސް އާއި ހަމައަށްވެސް ހިލޭ ކިޔެވުމިގެ ފުރުސަތު އައިއޯޔޫ އިން ލިބެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !