18 ސެޕްޓެމްބަރ 2019 ( ބުދަ )

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކޮށްފި

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ނަންތައް ރޭ ތަރުތީބުކޮށްފިއެވެ. ރޭ ދަންވަރު މެންދަމާއި ހަމައަށް ކުރިއަށް ދިޔަ ނަންތައް ތަރުތީބުކުރުމުގެ ޖަލްސާއިން ފުވައްމުލަކު އުތުރު ދާއިރާއިން 1 ނަންބަރު ކެންޑިޑޭޓަކަށް އަމިއްލަ ގޮތުން ވާދަކުރި ފަހުން ޖޭޕީ އާއި ގުޅުނު ދަޑީމަގު ދޫރެސް އަލީ ޝާހު ހޮވުނު އިރު ދެ ނަމްބަރު ކެންޑިޑޭޓަކަށް ހޮވިފައިވަނީ އަމިއްލަ ގޮތުން ވާދަކުރާ ހޯދަޑު ކާމިނީގެ ހަސަން އަބްދުﷲ އެވެ. ތިން ނަމްބަރު ކެންޑިޑޭޓަކީ އެމްޑީޕީއިން ވާދަކުރާ ހޯދަޑު ހަރުމަލުގެ މުހައްމަދު ރަޝީދު (ދޮންބެ) އެވެ.

މެދު ދާއިރާއަށް ބަލާލާއިރު އެއް ނަމްބަރު ކެންޑިޑޭޓަކަށް އެމްޑީޕީއިން ވާދަކުރާ މާލެގަމް ހުނުބޮލި ހުސައިން މުހައްމަދު ދީދީ ހޮވުނު އިރު ދެ ނަމްބަރު ކެންޑިޑޭޓަކަށް ހޮވިފައިވަނީ ޕީއެންސީ އިން ވާދަކުރާ މިސްކިތްމަގު ޒަމާން ހަސަން ޚާލިދެވެ.

ދެކުނު ދާއިރާއިން އެއް ނަމްބަރު ކެންޑިޑޭޓަކީ އަމިއްލަ ގޮތުން ވާދަކުރާ ފުވައްމުލަކު ޖަމްނާ މުހައްމަދު އަހުމަދު އަބްދުﷲ އެވެ. އަދި ދެނަމްބަރު ކެންޑިޑޭޓަކަށް އަމިއްލަ ގޮތުން ވާދަކުރާ ފުނާޑު ކަށިމާގެ އަލީ ފަޒާދެވެ. އަލީ ފަޒާދަކީ މިހިގާ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާ ތަމްސީލު ކުރާ މެމްބަރެވެ. އަދި ތިން ނަމްބަރު ކެންޑިޑޭޓަކަށް ހޮވިފައިވަނީ އެމްޑީޕީއިން ވާދަކުރާ ދޫޑީގަމް ޒީނިޔާ މުހައްމަދު މުމްތާޒެވެ.ކިޔުންތެރިންގެ ޚިޔާލު