A wide advertisement which will be shown on all devices. (700 x 100)

ކަޝްމީރު މަތިން ހަނދާން ނައްތާލެވިފައިވަނީ ކީއްވެ!

ކަޝްމީރުގެ މައްސަލައަކީ ހައްލެއްނުލިބި ދިގުދެމިގެން ގޮސް ގިނަ ބައެއްގެ އެވާހަކައެއްގެ މަތިން ފޫހިވެފައިވާ ވާހަކައެކެވެ. ނަމަވެސް، ފާއިތުވީ ފެބުރުއަރީ މަހު 14 ވަނަ ދުވަހު އިންޑިއާއިން ބަލަހައްޓަމުންދާ ކަޝްމީރުގެ ޕަލްވާމާ އަވަށުގައި ދެވުނު ޖާނުންފިދާވުމުގެ ހަމަލާގައި އިންޑިއާ ސިފައިންގެ 40 މީހަކު މަރުވުމާއިއެކު މުޅިދުނިޔެއަށް އިންޑިއާއިން ސިހުން ގެނުވިއެވެ. އެއާއިއެކު އިންޑިއާގެ ނޫސްތައް ކެކިއުތުރި އަރަންފެށި ބަދަލު ހިފުމުގެ ޝުއޫރާއިއެކު ހަގުރާމައިގެ ބެރިދުންމާރި ތާޅަފިލި ފުމޭން ފެށިއެވެ. ކަޝްމީރު މީހުންނަކީ ގައުމުގެ ޣައްދާރުންކަމަށް ނިންމާ ޓެރަރިސްޓުންގެ ގޮތުގައި ލޭބަލް ކުރިއެވެ. އިންޑިއާގެ އެތަށް މިތަނުން އެބައިމީހުންނަށް ގޯނާކުރަން ކުރަންފެށިއެވެ.

ވަގުތުން ވަގުތަށް ކަޝްމީރުގައި ކާފިއު ހިންގާ އިންޓާނެޓް ސްޕީޑް ދަށްކޮށް ސިފައިންގެ ލަޝްކަރުތައް އިތުރުކޮށް ތައްޔާރީ ހާލަތަށް ގެނައެވެ. ޖަމާއަތު އިސްލާމީ ފަދަ ދީނީ ސިއާސީ ޖަމާއަތްތައް ޓެރަރިސްޓުންގެ ގޮތުގައި ލޭބަލް ކުރިއެވެ. މިއާއިއެކު އެ ހަމަލާގެ ޒިންމާ ޕާކިސްތާނުން ނަގަންޖެހޭ ކަމަށްދެކި ޕާކިސްތާނަށް ޕާކިސްތާނުން ބަލަހައްޓަމުންދާ ސަރަހައްދާއި އިންޑިއއިން ބަލަހައްޓަމުންދާ ސަރަހައްދާއި ގުޅޭ ލައިން އޮފް ކޮންޓްރޯލް ވަރުގަދައަށް ގާޑުކުރަންފެށިއެވެ.

ކަޝްމީރުގެ އެތަކެއް ބަޔަކު އެސަރަހައްދު ދޫކޮށް ދާންފެށީ އެބައިމީހުންގެ ފުރާނަ ހިމާޔަތްކުރުމަށެވެ. އޮޅުމަކުން ނަމަވެސް ކަޝްމީރުގެ ހޮސްޕިޓަލްތަކަށް ބޮން އެޅިދާނެކަމަށްޓަކައި އެފަދަ ތަންތަން ފާހަގަކުރުމުގެ ގޮތުން ހޮސްޕިޓަލްތަކުގެ ފުރާޅުގައި މާސިންގާ ރެޑް ކްރޮސްތައް ކުރަހާ ކުލަޖައްސަން ފެށިއެވެ.

މިހާ ހިސާބަށް ކަޝްމީރު ހާލަތު ބަދަލުވުމުގެ ކުރިންވެސް ކަޝްމީރު ރައްޔިތުން އުޅެފައިވަނީ އަނިޔާވެރިން ވަކިތަކުގެ ތެރޭގައެވެ. އެބައިމީހުންނަށް ލިބެމުންދިޔަ ޖިސްމާނީ، ނަފުސާނީ އަނިޔާތަކުގެ ތަކުރާރުވޭވޭ ހުއްޓެވެ. އިންޑިއާ ނޫސްތަކުގައި ޓެރަރިޒަމްގެ ވާހަކަދައްކަމުންދާއިރު ކަޝްމީރަކީ ދުނިޔޭގެ އެންމެ ވަރުގަދައަށް ސިފައިން ބަލަހައްޓަމުންދާ އެއްއަވަށެވެ. ޕާކިސްތާނުން އިންޑިއާ ޕައިލޮޓް ހައްޔަރުކުރުމާއިއެކު އިންޑިއާ ނޫސްތަކުން ޖެނީވާ ކޮންވެންޝަނުގެ ވާހަކަ ތަކުރާރު ކުރާއިރު އިންޑިއާއިން ބަލަހައްޓަމުންދާ ކަޝްމީރުގެ ސިފައިން އިހުމާލުވެފައިވަނީ ހަމައެކަނި ޖެނީވާ ކޮންވެންޝަނަކަށްނޫނެވެ. ޖެނީވާ ކޮންވެންޝަނާއި ބައިނަލް އަގްވާމީ އެތަކެއް ގާނޫނުތަކަށް ވަނީ އިހުމާލުވެ ކަޝްމީރުގެ އެތަކެއް ބަޔަކަށްވަނީ ސިޔާސީ ދައުވާކޮށް ޖަލަށްލާފައެވެ. އަދި ކަޝްމީރު އެތަކެއް ރައްޔިތުންނެއްވަނީ ދިފާއީ އައްޑަނައަކަށް ބޭނުންކޮށްފައެވެ. މީގެ އިތުރުން އެކުވެރި ދައުލަތުން ނިންމާފައިވާ ކަޝްމީރު ރައްޔިތުން އެބައިމީހުން ބޭނުންވާ ގޮތް ނިންމުމަށް ނަގަންޖެހޭ ރިފަރަންޑަމް އަދިވެސް ވަނީ ހުއްޓުވާފައެވެ.

ކަޝްމީރު ރައްޔިތުންނަށް އިންޑިއާ ސަރުކާރުން ދެމުންދާ އަނިޔާތަކާއި ގުޅޭ މައުލޫމާތު ވަނީ އިންޑިއާގެ ނޫސްތަކާއި ސަރުކާރުން ހުއްޓުވާފައެވެ. ކަޝްމީރުގައި އާންމުގޮތެއްގައި ހިގާ މީހުން މަރާލުމުގެ ހާދިސާތަކާއި އަނިޔާ ކުރުމުގެ ހާދިސާތަކާއި މީހުން ގެއްލުމުގެ ހާދިސާތަކާއި ގިންސީ ގޯނާގެ ހާދިސާތަކާއި ގޯނާ ކުރުމުގެ ހާދިސާތަކަކީ ކާޕެޓުދަށަށްލައި ފޮރުވާލެވޭ ވަރުގެ ކަންތައްތަކެއްނޫނެވެ.

މައުލޫމާތު ނެގީ: އަލްޖަޒީރާ ނޫހުން

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !