23 މެއި 2019 ( ބުރާސްފަތި )

banner

ފުވައްމުލަކު ތޫނޑު ސަރަހައްދަކީ ގިނަބަޔަކު ހިތް އުފާ ކޮށްލާ މުނިފޫހި މިލުވުމަށް ދާ ހިތްގައިމު ސަރަހައްދެއް.

އައު އަހަރު ފެށުން ފުވައްމުލަކުގައި ފާހަގަ ކުރުން

މީލާދީ އައު އަހަރު، (2016) ފެށުން ފަހަގަ ކުރުމުގެ ގޮތުން ފުވައްމުލަކު ތޫނޑުގައި ޚާއްސަ ކަންތައްތަކެއް ރާވަމުން އެބަދެއެވެ. ކްލަބު ޓައިބާ އިން އިސްނަގައިގެން ކުރިޔަށް ގެންދާ މިހަރަކާތަކީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ ރަސްމީ އެއްވެސް ބައިވެރިވުމެއް އެކުލެވިގެން ކުރިޔަށް ގެންދެވޭ ހަރަކާތެއް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.

އަތޮޅު ކައުންސިލްގެ ރައީސް ފަލާޙު ޝަރީފު ވިދާޅުވީ ތޫނޑުގައި އައު އަހަރު ފެށުން ފާހަނގަ ކުރުމަށް ބައްވާ ހަރަކާތުގައި އެކައުންސިލްގެ ބައިވެރިވުމެއް، އަދި އެކައުންސިލުގެ ރަސްމީ ހުއްދައެއް ދޫކުރެވިފައި ނުވާނެ ކަމަށެވެ. އަދި ހަމަ އެއާއެކު އެފަދަ ހަރަކާތެއް މަނާ ކުރެވިފައި ވެސް ނުވާނެ ކަމަށެވެ.

އައު އަހަރު ފާހަނގަ ކުރުމަށް ބާއްވާ ހަރަކާތް އިޝްތިހާރު ކުރުމުގެ ގޮތުން ރަށު ތަރޭގައި އިއްޔެ ދުއްވަމުން ދިޔަ ޕިކަޕަކުން ގޮވަމުން ދިޔައީ ރަށުގައި ހިމެނޭ ދައުލަތުގެ މުއައްސަސާތައް ގުޅިގެން، އައު އަހަރު ފެށުން ފާހަނަގަ ކުރުމަށް ތޫނޑުގައި ބާއްވާ އެއްވުމަށް މިއަދު (31 ޑިސެމްބަރު ދުވަހުގެ) ހަވީރު 4:00 އަށް ތުނޑިއަށް ދިއުމަށް އެދޭ ކަމަށެވެ.

މިކަލް ނޫހަށް އެނގިފައިވާ ގޮތުގައި ކްލަބު ޓައިބާގެ ނަމުގައި ހޯދަޑު އަވަށުގެ ޒުވާނުންގެ ގުރޫޕަކުން އައު އަހަރުގެ ފެށުން ފާހަނަގަ ކުރުމަށް ބާއްވާ ހަރަކާތް، މިއަދު ހަވީރުން ފެށިގެން މިރޭ ދަންވަރަށް ތުނޑީގައި ކުރިޔަށް ގެންދެވޭނެއެވެ. އަދި މިހަރަކާތަށް ރަށުގެ ބައެއް ކައުންސިލަރުންނާއި އަމިއްލަ ފަރާތްތަކުން ފައިސާގެ އެހީތެރިކަން ދެމުން ދެއެވެ.

ތުނޑީގައި ބާއްވާ ހަކާތްތަކުގެ ތެރޭގައި އަންހެނުންގެ “ބްރެޒިލް ފުޓުބޯޅަ”އިގެ ހަރަކާތްތަކާއި ކުޑަކުދިންގެ ހަވީރެއްގެ އިތުރުން މިއުޒިކް ޝޯވ އެއް ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު