ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަޙްޤީޤް ކުރަމުންދާ ދެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމުގެ މަސައްކަތް ކުރާކަމުންދާކަމަށް ފުލުހުން ޙަމަކޮށްފިއެވެ.
މިމައްސަލަތަކާ ގުޅިގެން ހޯދަމުންދަނީ ޏ.ފުވައްމުލައް،ދޫޑިގަން، ރެޑިއަމްވިލާ، ޢަބްދުއްސަލާމް އިބްރާހީމް(34އ) އާއި ޏ.ފުވައްމުލައް،ހޯދަޑު،ރޫލް، އަމީދު ޢަބްދުﷲ(20އ) އެވެ.
ފުލުހުންވަނީ، ޢަބްދުއްސަލާމް އިބްރާހީމް އަދި އަމީދު ޢަބްދުﷲ އާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގެ ޑިއުޓީ ނަމްބަރު 9792803 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް އެދިފައެވެ
އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.
+1
+1
ޚިޔާލުތައް