14 އޯގަސްޓް 2018 (އަންގާރަ)


މީލާދީ އައު އަހަރު ފާހަނގަ ކުރުމަށް ބޭއްވި ހަރަކާތް 'ފެނަށް!'

އަހަރު ފާހަނގަ ކުރުމުގެ ގޮތުން ހޯދަޑުގެ ބައެއް ކުދިން މިއަދު ތޫނޑުގައި. ފޮޓޯ: އިބްރާހިމް ސައީދު

އަހަރު ފާހަނގަ ކުރުމުގެ ގޮތުން ހޯދަޑުގެ ބައެއް ކުދިން މިއަދު ތޫނޑުގައި. ފޮޓޯ: އިބްރާހިމް ސައީދު

މީލާދީ އައު އަހަރު، 2016 ފެށުން ފާހަނގަ ކުރުމުގެ ގޮތުން ފުވައްމުލަކު ތޫނޑުގައި އިއްޔެ ހަވީރު ފެށި ހަރަކާތް ކޮޅެއްގައި ނުޖެހި ދިޔައީ 'ފެނަ'ށެވެ. އިއްޔެ ހަވީރު ތޫނޑުގައި ބޭއްވުމަށް ރޭވި ކުޑަކުދިންގެ ހަވީރަށް ކޮންމެވެސް ވަރަކަށް މީހުން ޒިޔާރަތް ކުރިކަމަށް އެސަރަހައްދުން މައުލޫމާތު ލިބުނެވެ.

ނަމަވެސް 5:45 އެހާކަށް ހައިރު މޫސުން ބަދަލުވެ، ވާރޭ ވެހެން ފެށުމުން، އިންތިޒާމުކުރި ފަރާތުން ތަކެތި އެއްކޮށްލައިގެން ދިޔައީ ކަމަށް ވެއެވެ.

ރޭ އިރާކޮޅުން ފެށިގެން 11:30 ހާއިރަށް ވެސް ފުވައްމުލަކަށް ވާރޭ ވެހުމުގެ ސަބަބުން، އައު އަހަރު ފެށުމުގެ ހަރަކާތް ކުރިޔަށް ގެންދިއުމަށް ރޭވި މިއުޒިކް ޝޯވ އަދި އެހެނިހެން ހަރަކާތްތައް ވެސް ޖެހުނީ ހުއްޓާލާށެވެ.

ރޭ 11:45 އެހާކަށް ހާއިރު މިކަލް ނޫހުގެ ފަރާތުން އައު އަހަރު ފެށުން ފާހަނގަ ކުރުމުގެ ހަރަކާތް ހިނގުމަށް ހަމަޖެހިފައިވާ، ތޫނޑަށް ގޮސް ބެލި އިރު އެހަރަކާތްތަކާ ގުޅެ އެއްވެސް ފަރާތެއް ތޫޑުން ފެންނާކަށް ނެތެވެ. އަދި އެވަގުތު ތޫނޑުގައި އަތޮޅު ކައުންސިލުން ގާއިމުކޮށްފައިވާ ހަޓް ގައި ފުވައްމުލަކު ޑްރަގް ރިހިބިލިޓޭޝަން ސެންޓަރުގެ އައުޓް ޑޯ ބައްދަލުވުމެއް ބާބެކިއުއަކާއެކު ކުރިޔަށް ދިޔައެވެ. އަދި އައު އަހަރު 00:00ން ފެށިގެން ދިޔައިރު ވެސް ތޫނޑު ސަރަހައްދުގައި ހަރަކާތްތެރި ވަމުން ގޮސްފައި ވަނީ ރިހިބިލިޓޭޓަރސްގެ އައުޓް ޑޯ މީީޓިން އެކަންޏެވެ. އައު އަހަރު ފެށުން ފާހަނގަ ކުރުމަށް ތައްޔާރުވި އެއްވެސް ކަމެއް ކުރިޔަށް ގެންދިޔަ ތަނެއް ނުފެނުނެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!