23 މެއި 2019 ( ބުރާސްފަތި )

banner

މިއަދު ބިދޭސީ މަސައްކަތު މީހުން ބޭއްވި އެއްވުން

ފުވައްމުލަކުގައި އުޅޭ ބަންގްލާދޭޝް މީހުން އާއަހަރު ފެށުން ފާހަނގަކޮށްފި

ފުވައްމުލަކުގައި އުޅޭ ބަންގްލާދޭޝް މަސައްކަތު މީހުން މީލާދީ އާއަހަރު ފެށުން ފާހަނގަ ކުރުމަށް އެއްވުމެއް މިއަދު ބާއްވައިފިއެވެ. މިއަދު މަޣުރިބު ނަމާދާއި އިޝާ ނަމާދާއި ދެމެދު ހޯދަޑު ސާދާގޭ އަދި ފްލޮރިޑާ ގޯތިތެރޭގައި ބޭއްވި އެއްވުމުގައި ގިނައަދަދެއްގެ ބަންގްލަދޭޝް މަސައްކަތު މީހުން ބައިވެރިވިއެވެ.

ބޯހިމނުމުގެ ހިސާބުތައް ދައްކާ ގޮތުން ފުވައްމުލަކުގައި ބިދޭސީ މަސައްކަތު މީހުންގެ 800 އެއް ހާ މީހުން ދިރި އުޅޭއެވެ. މިއަދު ގެ އެއްވުމުގައި އެއިގެ ތެރެއިން 400 ހާ މީހުން ބައިވެރި ވިއެވެ.

އެއްވުން ކުރިޔަށް ދިޔައީ، ގިނަ ބަޔަކު ޖަމާވެ ފަތުރާލެވިފައިވާ ސަތަރިތަކެއްގެ މަތީގައި އިށީނުމުން، އިސްމީހަކު ތެދުވެ ބަނގްލާދޭޝް ބަހުން ވާހަކަ ކޮޅެއް ދެއްކުމަށްފަހު ދެވަނަ މީހަކު ތެދުވެ ނަސޭހަތުގެ ބައްސްކޮޅެއް އިއްވީކަމަށް ބަންލާދޭޝް މީހަކު ކިޔައި ދިނެވެ. އަދި އެއިގެ ފަހުން ގުރުއާން ކިޔެވުމާއި މާލޫދު ފާޑެއްގެ އެއްޗެއް ބަންގްލާދޭޝް ބަހުން ކިޔުމަށްފަހު ދެން އޮތީ ދުއާއެކެވެ. ދުއާއަށް އެންމެން ތެދުވެ އަތްނަގައިގެން ތިބުމަށް ފަހު މޫނުގަިއ އަތްއެޅިއެވެ.

މިކަންތަކަށްފަހު އޮތީ ކެއުމެކެވެ. ކެއުމަށް ބަތާއި މުގުރިހަ، ގެރިމަސް އަދި ކުކުޅުމަސް ތައްޔާރުކޮށްފައި ހުއްޓެވެ. ސަތަރިތަކުގައި މީހުން 4 ލައިނަށް އެތުރުމަށްފަހު އިސްކޮށް ހަރަކާތްތެރިވާ މީހުންގެ ގްރޫޕަކުން ދިޔައި ކާ ތައްޓާއި ކާނާ އަދި ފެން ބަހަމުންނެވެ. އިސްކޮށް ހަރަކާތް ތެރިވާ މީހުން ފާހަނގަ ކުރުމަށް ލައިގެން ހުރި ގަމީސް ނުވަތަ ޓީޝާޓްގެ މޭމަތިން އެއްފަރާތުގައި ދަތިއަކުން ރަތްކުލައިގެ ފޮތިކޮޅެއް ހަރުކޮށްފައި ހުއްޓެވެ.

މިއަދުގެ އެއްވުން ނިމިގެން ދިޔައީ ކެއްމަށްފަހު އެވެ. ތިން ހަތަރު މީހަކު އެމީހުންގެ ބައިސިކަލްތަކުގެ ފާރައަށް ބޭރު، މަގުގައި މަޑުކޮށްގެންވެސް ތިއްބެވެ. ބައިސިކަލްތައް ހުރީ ނާއިބުގޯތި އަދި ކައިރި ހިސާބުތަކުގައެވެ.

މިކަލް ނޫހުގެ ފަރާތުން މިކަން ހިނގާގޮތް ބަލަން ޒިޔާރަތް ކުރުމުން އެމީހުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ލިބުނެވެ. އަދި އތަނުގައި ކަންކަން އިންތިޒަމުވެފައިވާ ގޮތް ކިޔާ ދިނެވެ.

banner

ކިޔުންތެރިންގެ ޚިޔާލު