23 މާރިޗު 2019 ( ހޮނިހިރު )

banner

ސޭންޑޭ ރޭގެ ކެމްޕޭން ލޯންޗިންގައި ވާހަކަ ދައްކަނީ

މެދު ދާއިރާގެ ސޭންޑޭ ކެމްޕޭން ލޯންޗުކޮށްފި

އަންނަ މަހު 6 ގައި ބާއްވާ ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބުގައި ފުވައްމުލައް ސިޓީ މެދު ދާއިރާއިން ވާދަކުރާ ޕީއެންސީ ކެންޑިޑޭޓް ހަސަން ޚާލިދު ސޭންޑޭގެ ކެމްޕޭން އިފުތިތާޙު ކުރުން ރޭ ފުވައްމުލަކު ބޯޅަ ދަނޑު ސްޓޭޖުގައި ބާއްވައިފިއެވެ.

ވަރަށް ބޮޑަށް ތައްޔާރުކޮށްގެން ކުރިޔަށް ގެންދިޔަ މި ހަފުލާގައި ޕީޕީއެމް-ޕީއެންސީއަށް ތާއިދުކުރާ ފުވައްމުލަކުގެ ގިނަ ބަޔަކު ބައިވެރިވިއެވެ.

ރޭގެ ބައްދަލުވުމުގައި ވާހަކަ ދެއްކީ ކުރީގެ މެދުދާއިރާގެ މެންބަރު ޝިފާގު މުފީދު (ހިސްޓޯ)އާއި ކެންޑިޑޭޓް ހަސަން ޚާލިދެ (ސޭންޑޭ)ވެ.

ރޭގެ ކެމްޕޭން ލޯޯންޗުކުރުމުގެ ހަފުލާ ނިމިގެން ހާޒިރުވި ސަޕޯރޓަރުންނަށް ޚާއްސަ ސަޔެއް ބޭއްވިއެވެ.

ސޭންޑޭގެ ސަޕޯރޓަރުން ބުނާ ގޮތުގައި މިދާއިރާގެ ގޮނޑި ވާދަވެރިވި ކަމުގައި ވިޔަސް ކާމިޔާބުކުރާނީ ސޭންޑޭ އެވެ. ސޭންޑޭއަށް އެމްޑީޕީގެ ގިނަ ވޯޓުތަކެއް ލިބޭނެކަމަށް ވެސް އެމީހުން ބުނެއެވެ. އެގޮތުން ޚާއްސަކޮށް ސޭންޑޭ ނިސްބަތްވާ މިސްކިތްމަގު އަވަށުގެ އެމްޑީޕީ މެންބަރުންގެ ވޯޓުވެސް އޭނާއަށް ލިބޭނެކަމަށް އެސަޕޯޓަރުން ބުންޏެވެ.

ރޭ ބޯލަދަނޑުގައި ބޭއްވި ސޭންޑޭ ކެމްޕޭން ލޯންޗިން އަށް ހާޒިރުވި މީހުން

މިސްކިތްމަގު އަވަށުން %60 އާއި ގާތްކުރާ ވަރަކަށް ސޭންޑޭއަށް ވޯޓު ލިބޭނެކަމަށް ސަޕޯރޓަރުން ބުނެއެވެ.

މީގެ އިތުރުން ސޭންޑޭގެ އަންހެނުން ނިސްބަތްވާ މާދަޑު އަވަށުން ވެސް އާއިލި ގިނަ ވޯޓުތަކެއް ލިބޭނެކަމަށް ހާމަކުރިއެވެ. މިއާއެކު މާދަޑާއި މާލެގަމުން %40 އަދި %30 ހޯދައިގެން ސޭންޑޭއަށް މިދާއިރާގެ ގޮނޑި ކާމިޔާބު ކުރެވިދާނެކަމަށް އެމީހުން ދެކެއެވެ.

މިދާއިރާގެ ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 2821 މީހުންނަށެވެ. އެއިގެތެރެއިން ވޯޓުލާނެކަމަށް ކުރިގެ އިންތިޚާބުތަކުގެ ވޯޓުލި ނިސްބަތަށް ބަލާއިރު ލަފާކުރެވެނީ ގާތްގަޑަކަށް %87 ކަމަށެވެ. އެއީ މިދާއިރާގެ2455 މީހުންނެވެ. މިއަދަދުގެ %50 އަށް ވުރެ ގިނައިން ހޯދުމަށް ބޭނުން ވަނީ 1228 މީހުންގެ ވޯޓެވެ.

މިއަދަދު ސޭންޑޭގެ ސަޕޯރޓަރުން އެބުނާ ނިސްބަތުން 3 އަވަށުން ވޯޓު ލިބިއްޖެ ނަމަ ގޮނޑި ހޯދިދާނެއެވެ.

ނަމަވެސް ސޭންޑޭއާއި ވާދަކުރާ ހުސޭން މުހައްމަދުގެ ސަޕޯރޓަރުން ބުނާ ގޮތުގައި އެމީހުން އިންތިޚާބު ކާމިޔާބު ކުރާނީ މާފަސޭހަކޮށެވެ. އެމީހުންގެ ހިސާބުތަކަށް ބަލާއިރު ސޭންޑޭއަށް އިންތިޚާބު ކާމިޔާބު ކުރުމަށް މިސްކިތްމަގުން އެންމެ ދަށްވެގެން ވެސް %70 އަށްވުރެ މަތިން ވޯޓު ހޯދަން ޖެހެއެވެ. އެނޫން ކޮންމެ އަދަދަކީ އެމީހުން ކޮޅަށް އިންތިޚާބު ފަހިވެފައިވާ ކަމުގެ ނިޝާން ކަމަށެވެ. އަދި އެކަން ވަރަށް ސާފުކަމަށް އެމިހުން ބުނެއެވެ.

banner


ކިޔުންތެރިންގެ ޚިޔާލު