20 އޯގަސްޓް 2019 ( އަންގާރަ )

ދޮންބެ ކެމްޕޭން ހޯދަޑު ކަންމަތީ ޖަލްސާ. ޟުހައްމަދުރަޝީދު (ދޮންބެ) މެދުގައި

އެމްޑީޕީގެ ކެންޑިޑޭޓް ދޮންބެގެ ހޯދަޑު ކަންމަތީ ޖަލްސާ ރޭ ބާއްވައިފި

ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު ރަޝީދު (ދޮންބެ) ކެމްޕޭނުގެ ހޯދަޑު ކަންމަތީ ޖަލްސާ ރޭ ބާއްވައިފިއެވެ. ރޭގެ ޖަލްސާ އޮތީ ހޯދަޑު އަނބުލު ސަރަހައްދުގައެވެ.

ފޯރިއާއެކު ކުރިއަށްދާ ދޮންބެގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ރޭ ބޭއްވުނު ކަންމަތީ ބައްދަލުވުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.

ރޭގެ ބައްދަލުވުމުގައި 10 މީހަކު ވާހަކަ ދެއްކިއެވެ. އެގޮތުން ކީރިތި ގުރުއާނުގެ އާޔަތްތައް ކިޔަވައި އޭގެ މާނަ ވިދާޅުވެ ދެއްވީ ހޯދަޑު ބީހަނީގެ އަނީސާ އިބުރާހިމް އެވެ. ހޯދަޑު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު އިބުރާހިމް ތަޢާރަފުކޮށްދެއްވި މިބައްދަލުވުމުގައި ހޯދަޑުން އަދާލަތު ޕާޓީއާއެކު މަސައްކަތް ކުރައްވާ ހުޅެހި، މުހައްމަދު ހުސޭން އާއި ދިގުވާޑު އަވަށުން އާމިނަތު ޒުހުދާ ގެ އިތުރުން ދަޑިމަގު އަވަށުން މުޙައްމަދު އަބްދުއް ރަހުމާނު (އައްޅޯ) ވެސް ދޮންބެއަށް ތާއިދު ކުރަނީ ކީއްވެގެން ކަމާއި ދޮންބެއަށް ވޯޓުދޭން ޖެހެނީ އިތުބާރު ކުރެވޭ، ރައްޔިތުންނާއި ގާތުން މަސައްކަތް ކުރައްވާނެ ބޭފުޅަކަށް ވާތީ ކަމަށް ވިދާޅުވިއެވެ.

ސަފިއްޔާ އިބްރާހިމްގެ ވާހަކައިގައި، ވަރަށް ގިނަ ދުވަހު އެހެން އަވަށްތަކުގެ ކެންޑިޑެޓުންނަށް މިދާއިރާއިން ވޯޓު ލެވިއްޖެ ކަމަށާއި މިއީ ހޯދަޑުގެ ކެންޑިޑޭޓަކުން ނުކުތް ފަހަރު ކަމަށްވެފައި އެކެންޑިޑޭޓަށް ހުރިހާ އަވަށަކުން ވެސް ވޯޓު ދިނުމަށް ގޮވާލިއެވެ. “މިއީ ހޯދަޑުގެ ފަހަރު” ކަމަށާއި މިފަހަރު ހޯދަޑުގެ ކެންޑިޑޭޓަށް ވޯޓު ނުދީފިނަމަ އެކަމަށް ވަރަށް ވިސްނައިގެ ތިބުމަށް ސަފިއްޔާ ހާމަކުރިއެވެ.

މީގެ އިތުރުން ކުރީގެ ފުވައްމުލަކު އަތޮޅު ކައުންސިލް މެންބަރ އިބްރާހިމް ފިކުރީ ހުސޭން އާއި ހޯދަޑު، މުހައްމަދު ޝިހާބު ގެ އިތުރުން މަޖުލިސް އިންތިޚާބުގެ ކެންޑިޑޭޓު މުހައްމަދު ރަޝީދު (ދޮންބެ) ވެސް ވާހަކަ ދެއްކިއެވެ.

ރޭގެ ކަންމަތީ ޖަލސާގައި ވާހަކަދެއްކި ބައެއް މީހުން

ދޮންބެ އަކީ އެމްޑީޕީ ގެ އެޖެންޑާ 19 އަށް މަޖުލީހުގައި ރުުންހުން ހޯދުމަށް މުހިންމު ކެންޑިޑޭޓެއް ކަމަށާއި ދޮންބެ މަޖުލީހަށް ހޮވަން ޖެހެނީ ރައްޔިތުންނަށް ފައިދާހުރި އެތައް ބިލްތަކެއްގެ މައްޗަށް އެކުލެވޭ އެޖެންޑާ 19 މަޖުލީހުން ފާސްކުރުމަށް ކަމަށް ވާހަކަ ދެއްކެވި ބޭފުޅުން ފާހަގަ ކުރިއެވެ.

ޝިހާބުގެ ވާހަކައިގައި އެޖެންޑާ 19 ގެ ބައެއް ބިލްތަކުގެ ތަފުސީލު ހާމަކުރި އެވެ. އެގޮތުން އެންމެ ކުޑަ އުޖޫރަ އަށް 6000 ރުފިޔާ ލިބޭނެ ވާހަކައާއި މިހާރަށް ވުރެ ވެސް ފެނާއި ކަރަންޓްގެ އަގު ހެޔޮކުރުމަށް ރޭވިފައިވާ ގޮތާއި، އާސަންދަ ފުރިހަމަވެ އިތުރަށް ލިބިގެން ދާނެ އެހީތަކުގެ ވާހަކަ ހިމެނެއެވެ.

މިދާއިރާ އަކީ ފުވައްމުުލަކުގެ އެންމެ ބޮޑު އިންތިޚާބީ ދާއިރާއެވެ. މިދާއިރާގައި މިފަހަރު ވޯޓު ލުމުގެ ހައްގު ލިބިގެންވާ 3394 މީހުން އެބަތިއްބެވެ. ފާއިތުވި ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބުގައި ވޯޓުލީ %87 ނިސްބަތަށް ބަލާއިރު މިފަހަރު ވޯޓު ލާނެކަމަށްް ބެލެވެނީ 2953 މީހުންނެވެ. މިއަދަަދުންް ބަލާއިރު އިންތިޚާބު ކާމިޔާބު ކުުރުމަށް ބޭނުން ވަނީ 1477 ގެ ވޯޓެވެ.ކިޔުންތެރިންގެ ޚިޔާލު