23 މެއި 2019 ( ބުރާސްފަތި )

banner

އިޒުރޭލަކީ ހަމައެކަނި ޔަހޫދީންނަށް އޮތް ދައުލަތެއް – ނަތަންޔާހޫ

އިޒުރޭލަކީ ހަމައެކަނި ޔަހޫދީންނަށް އޮތް ދައުލަތެއް ކަމަށް ޒަޔަނިސްޓް ޔަހޫދީ ދައުލަތުގެ ބޮޑޫ ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ. ނަތަންޔާހޫ މިހެން ވިދާޅުވީ އިޒުރޭލުގެ އެކްޓަރެއްކަމަށް ވާ ރޮޓެމް ސޭލާ އަމާޒުކުރި ފާޑުކިއުމަކަށް ރައްދުދެމުންނެވެ. “މިއީ މިތަނުގެ ހުރިހާ ރައްޔިތުންނަށް އުފެދިފައިވާ ދައުލަތެއްނޫން” މިދިޔަ އަހަރު އެގައުމުން ފާސްކުރި މައްސަލަ ބޮޑުވި ގާނޫނަށް ރިއާޔަތްކޮށް ނަތަންޔާހޫ އިންސްޓާގްރާމް ކުރިއެވެ.

މިދިޔަ ހޫނު މޫސުމުގައި ފާސްކުރި ގާނޫނުން އަރަބި ބަހަށް އެގައުމުގައި ދީފައިވާ ގައުމީ ދަރަޖަދަށްކޮށް ހަމައެކަނި ގައުމީ ބަހަކީ ހެބުރޫ ކަމަށްވެސް ނިންމިއެވެ. އަދި އިޒުރޭލަކީ ހަމައެކަނި ޔަހޫދީންގެ ދައުލަތެއްގެ ގޮތުގައި ހަމަޖެއްސިއެވެ. މިގާނޫނާއިއެކު އެގައުމުގައި ދިރިއުޅޭ 17 އިންސައްތަ އަރަބިންގެ އެތަކެއް ހައްގެއް ނިގުޅައިގަނެވޭނެއެވެ. އިޒުރޭލުގެ ހައްދުފަހަނަޅާފައިވާ ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި އިދިކޮޅު ފަރާތްތަކަށް އަރަބި ޕާޓީތަކުގެ ސަޕޯޓް ލިބެމުންދެއެވެ. އެހެންކަމުން މިގާނޫނަކީ ފާސްކުރުމުގައި އިޒުރޭލުގެ ހައްދުފަހަޅާފައިވާ ކަނާތުފިޔައިގެ ވެރިކަން ދަމަހައްޓަން ނިންމާފައިވާ ނިންމުމެއްކަމަށް ބެލެވެއެވެ. އެއާއިއެކު ކުރިއަށް އޮތް އެޕްރީލް 9 ވަނަ ދުވަހު ބޭއްވޭ އިލެކްޝަނަށްފަހު އެއްވެސް ކޯލިޝަނެއްގައި އަރަބި ޕާޓީތައް ނުހިމެނޭނެކަމަށް ލަފާކުރެވެއެވެ.

މައުލޫމާތު: އަލްޖަޒީރާ

banner

ކިޔުންތެރިންގެ ޚިޔާލު