A wide advertisement which will be shown on all devices. (700 x 100)

މުހައްމަދު ރަޝީދު (ދޮންބެ)ގެ ކެމްޕޭން ބިލްބޯޑުތަކަށް ގެއްލުން ދީފި

ގެއްލުން ދީފައިވާ ދޮންބެ (މުހައްމަދު ރަޝީދުގެ ކެމްޕޭން ބިލްބޯޑެއް)

ފުވައްމުލަކު އުތުރު ދާއިރާއަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައިވާ ކެންޑިޑޭޓު މުހައްމަދު ރަޝީދު (ދޮންބެ)ގެ ކެމްޕޭން ބިލް ބޯޑުތަކަށް ބަޔަކު ގެއްލުންދީފިއެވެ.

ހޯދަޑު އަނބުލު ފަންނުގައި ހަރުކޮށްފައި ހުރި ބިލްބޯޑަކާއި އެމްޑީޕީ ހޯދަޑު ހަރުގެ ތެރޭގައި ބަހައްޓާފައި ހުރި ބިލްބޯޑުތަކަށް އިއްޔެ ރޭ ދަންވަރުގެ ވަގުތެއްގައި ބަޔަކު ވަނީ ގެއްލުން ދީފައެވެ.

ޒުވާންފުރައިގެ އިސްކޮޅުން ދިގު ދެމީހަކު ސައިކަލެއްގައި ބިލްބޯޑު ކައިރިއަށް ގޮސް ބިލްބޯޑުގައި ވާ ކެންވަސް ބައިގައި ކަޓަރުއަޅައ ކަފައި، ހަލާކުކޮށްލާފައި ދާތަން ވީޑިއޯ ފުޓޭޖުން ފެނެއެވެ.

ހޯދަޑު އެމްޑީޕީ ހަރުގެތެރޭގައި ހުރި ބިލްބޯޑުތަކަށް ވެސް ގެއްލުން ދީފައިވޭ

ދޮންބެގެ ކެމްޕޭން ޓީމުން ހާމަކުރި ގޮތުގައި އެއީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކުދިބަޔަކަށް ފައިސާ ދީގެން ކުރުވާފައިވާ ކަމެއް ކަމަށް ބެލެވެއެވެ. އެއީ ދޮންބެއަށް އޮތް ތާއިދު ފެނިފައި ހަސަދަވެރިކަންބޭލީ ކަމަށް ވެސް އެކަކު ސިފަކުރިއެވެ.

ގާނޫނީ ގޮތުން ކުށަކަށްވާ މިއަމަލު ގިނަ ބަޔަކު އަންނަނީ ކުށްވެރި ކުރަމުންނެވެ. އެގޮތުން ދޮންބެއަށް ތާއިދު ނުކުރާ ފަރާތްކުން ވެސް މިއަމަލު ކުށްވެރިކޮށް ސޯޝަލް މީޑިއާގައި މިފަދަ ދަށުދަރަޖައިގެ އަމަލުތައް ނުކުރުމަށް ގޮވާލައި އެކަން ކުށްވެރި ކުރުމުން އާދެއެވެ.

ގެއްލުން ދިން ދޮންބެގެ ކެމްޕޭން ބިލްބޯޑުތައް އަލުން ހަދައި އިއްޔެ ވަނީ ބަހައްޓާފައެވެ. ވުމާއެކު ގެއްލުން ދޭން އުޅުނު ބައެއްގެ މަގުސަދު ފުރިހައަށް ހާސިލުވާނެ ކަމަކަށް ދޮންބެގެ ކެމްޕޭން ޓީމުން ބުނެއެވެ.

ގެއްލުން ދިން ބިލްބޯޑުތައް ރަނގަޅުގޮށް އަލުން ވަނީ ބަހައްޓާފައި.

މީގެ ކުރީގެ އިންތިޚާބުތަކުގައި ވެސް ފުވައްމުލަކުގެ ބައެއް ސަރަހައްދުތަކުން މިފަދަ ދަށުދަރަޖައިގެ އަމަލުތައް ފެނިފައިވެއެވެ.

ކުރީގެ ރައްޔިތުންގެ މަޖުލީހުގެ އިންތިާޚބެއްގައި ދަޑިމަގު އަވަށުން ކެމްޕޭން ތަކެއްޗަށް ގެއްލުން ދިން ބައެއްގެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން ތުހުމަތު ކުރެވުނު ފަރާތްތައް މާލެ ހާޒިރުކޮށް ހައިކޯޓުގައި އެމައްސަލަކުރިޔަށް ގެންގޮސްފައި ވެސް ވެއެވެ.

އިންތިޚާބުތަކުގައި ވާދަކުރާ މީހުންނަށް ކެމްޕޭން ކުރުމަށް ގާނޫނުން ދީފައިވާ ހުއްދައަށް ހުރަސް އެޅުމަކީ ގާނޫނީ ކުށެކެވެ. އެކުށް ކުރާ ބަޔަކު ޖަލަށްލުމަށް ވެސް ހުކުމް ކުރެވިދާނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !