24 މެއި 2019 ( ހުކުރު )

banner

މިއަދުގެ ސާފުކުރުމުގެ ހަރަކާތުގެ ބައިވެރިން ފުވައްމުލަކު ބޯޅަދަނޑުގައި އެއްވެލައިގެން

ކުރިޔަށް އޮތް އެތުލެޓިކްސް މުބާރާތަށް ފުވައްމުލައް ސިޓީ ސާފުކޮށްފި

މިމަހު 24-28 އަށް ކުރިޔަށް ގެންދާ މަކިޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަން ޝިޕް 2019 އަށް ފުވައްމުލައް ތައްޔާރުވުމުގެ ގޮތުން ފުވައްމުލައް ސިޓީ ސާފުކުރުމުގެ ޕްރޮގްރާމެއް މިއަދު ކުރިޔަށް ގެންގޮސްފިއެވެ.

ސާފުކުރުމުގެ ހަރަކާތުގައި ފުވައްމުލައް ސިޓީ ކައުންސިލްގެ މުވައްޒަފުން.

މިއަދުގެ ސާފުކުރުމުގެ ހަރަކާތަކީ ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގެ ރިކްރިއޭޝަން ކުލަބުން އިސްނަގައިގެން ހިންގި ހަރަކާތެކެވެ. މިހަރަކާތުގައި ފުވައްމުލައް ސިޓީގެ ދައުލަތުގެ އިދާރާތަކާއި އަމިއްލަ ޖަމާއަތްތަކުން ސާފުކުރުމުގެ ހަރަކާތުގައި ބައިވެރިވެފައި ވެއެވެ. އެގޮތުން ވަން ފުވައްމުލައް ޖަމްއިއްޔާއާއި ޖީއެން ވޮލަންޓިއަރސް އާއި ފުވައްމުލަކު ހޮސްޕިޓަލް، ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާގެ އިތުރުން ބައެއް އެހެން ފަރާތްތައްވެސް ސާފުކުރުމުގެ މިހަރަކާތުގައި ބައިވެރިވެފައި ވެއެވެ.

ސާފުކުރުމުގެ ހަރަކާތުގައި ފުވައްމުލަކު ދެކުނު ދާއިރާގެ ކެންޑިޑޭޓް މުމްތަޒު ބައިވެރިވަނީ (ކ.)

މިހަރަކާތުގައި ފުވައްމުލަކުގެ އެކި ސަރަހައްދުތައް ވަނީ ސާފުކޮށް ގިނަ އަދަދެއްގެ ކުނި ވަނި ޖަމާކޮށްފައެވެ.

ސާފުކުރުމުގެ ހަރަކާތުގައި ފުވައްމުލަކު މެދު ދާއިރާ އެމްޑީޕީ ކެންޑިޑޭޓް ހުސޭން މުހައްމަދު ބައިވެރިވޭ.

މިހަރަކާތުގައި ބައިވެރިވި ވަން ފުވައްމުލަކުގެ ފައުންޑަރ މެންބަރު އިސްމާއީލު ރަފީގު ވިދާޅުވި ގޮތުގައި މީގެ 3 ހަފުތާކުރިން ސާފުކުރިތަން މިއަދު އަނެއްކާވެސް މިޖެހެނި ސާފުކުރުން ކަމަށް ހާމަކުރިއެވެ. މިގޮތަށް ސާފުކުރުމުގެ ހަރަކާތައް ހިންގިޔަސް އަދި މިއީ ދާއިމީ ހައްލެއް ނޫން ކަމަށެވެ. މިކަމަށް ދާއިމީ ހައްލެއް ހޯދަން ޖެހޭ ކަމަށް އެހެން ބައިވެރިއަކު ބުންނެވެ.

މިއަދުގެ ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން

ކުންޏާއި މެދު އާއްމުންގެ ހޭލުންތެރިކަން އިތުރު ކުރަން ޖެހޭ ކަމަށާއި ކުނި ޖަމާކޮށް ކުނި ކަލެކްޓް ކުރާ ފަރާތްތަކަށް ކުނި ހަވާލުކުރުން އެއީ ކުނިން ސަލާމަތް އޮތް މަގުކަމުގައި ބަލަން ޖެހެއެވެ.

މިއަދުގެ ސާފުކުރުމުގެ ހަރަކާތުގެ ޖީއެން ވޮލަންޓިއަރސް އާއި ވަން ފުވައްމުލައް ބައިވެރިވި

 

banner

ކިޔުންތެރިންގެ ޚިޔާލު


  1. މިންހަތު 19 މާރިޗު 2019 12:03

    ޚަލު މިވަނީ ވަރަ ހަލުވި ގޮތެ