17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

ދަކޯލް 2014 އިވެންޓްގެ ޕޯސްޓަރެއް - ފޮޓޯ: ޖަމްޢިއްޔަތުއް ސަލަފު

“ދަކޯލް” ފުވައްމުލަކުގައި ބާއްވަނީ

ޖަމްޢިއްޔަތުއް ސަލަފުން އިންތިޒާމުކޮށްގެން ބާއްވާ އިންޓަރނޭޝަނަލް ދައުވާ އިވެންޓެއްކަމަށްވާ “ދަކޯލް” ގެ ޙަރަކާތްތައް މިފަހަރު ފުވައްމުލަކުގައިވެސް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އޮކްޓޯބަރ 30 އިން ނޮވެމްބަރ 2 އަށް ފުވައްމުލަކުގެ އިތުރުން މާލެއާއި އައްޑޫގައި “ދަކޯލް 2014” ގެ ނަމުގައި ބޭއްވުމަށް ނިންމާފައިވާ ޙަރަކާތާބެހޭގޮތުން ޖަމްޢިއްޔތުއް ސަލަފުގެ ވެބްސައިޓަށް މަޢުލޫމާތު ދެއްވަމުން އެޖަމްއިއްޔާގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޮބާޙް ވިދާޅުވީ މިއަހަރުގެ އިވެންޓަކީ ކުރީ ދެ އަހަރަށްވުރެ ފުޅާކޮށް ރާވާފައިވާ އިވެންޓެއް ކަމަށާއި އަދި މިއަހަރުވެސް ކުރީ އަހަރު ތަކެކޭ އެއްފަދައިން ސަލަފްގެ ދަޢުވަތަކަށް ކެނެޑާގެ މަޝްހޫރު ޢިލްމުވެރިޔާ ޑރ. އަބޫއަމީނާ ބިލާލް ޕިލިޕްސް އަދި އިނގިރޭސި ވިލާތުގެ މަޝްހޫރު ދާޢީ އަބްދުއްރަޙީމް ގްރީން ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާކަމަށެވެ.

ޖަމްޢިއްޔަތުއްސަލަފުން ކުރިއަށް ގެންދާ “ދަކޯލް” އަކީ ގިނަބައެއްގެ ތަރުޙީބު ލިބިފައިވާ ބޮޑޫ ޙަރަކާތަކަށްވެފައި މިކަމުގައި ގިނަބައެއްގެ ދީލަތި އެހީއަށް އެ ޖަމްއިއްޔާއަށް ބޭނުންވެއެވެ. އަދި މިޙަރަކާތަކީ 2009 ވަނައަހަރުން ފެށިގެން ކުރިއަށްގެންދާ ޙަރަކާތެކެވެ.

banner

ކިޔުންތެރިންގެ ޚިޔާލު