މިސްކިތްމަގު ޒުވާނުން އިންތިޒާމުކޮށްގެން “އަވަށި މުބާރާތް 2016″ގެ ނަމުގައި އަންހެން ފިރިހެން މިކްސް ވޮލީ މުބާރާތެއް މިއަދު ފަށައިފިއެވެ. މިމުބަރާތުގެ ކުޅުން ކުރިޔަށް ގެންދަނީ ފުވައްމުލަކުގެ ސްޓޭޑިއަމްގެ ވޮލީކޯޓުގައެވެ.
މިސްކިތްމަގު އަވަށުން ހޮވާލެވުނު ތިން ޓީމެއް ވާދަކުރާ ގޮތަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތް ޖެނުއަރީ 3 އިން 10 އަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މުބާރާތް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މިސްކިތްމަގު ޒުވާނަކު ބުންޏެވެ.
މިދުވަސްވަރު ފުވައްމުލަކުގައި އަންނަނީ ވޯލީގެ ފޯރި ގަދަވަމުންނެވެ. ހުރިހާ އަވަށަކުންވެސް އަވަށު ފެންވަރުގައި މުބާރާތްތަކާއި މެޗުތައް އަދި ތަމްރީނުތައް އަންނަނީ ބާއްވަމުންނެވެ.
+1
+1
ޚިޔާލުތައް