24 ޖުލައި 2019 ( ބުދަ )

ފުވައްމުލަކު ކުނިމެނޭޖުކުރާ ސެންޓަރު މިއަދު 4 ޖެނުއަރީ 2016. ފޮޓޯ: މިކަލްނިއުސް

ފުވައްމުލަކުގައި ގާއިމުކުރެވިފައިވާ “ކުނި މެނޭޖު ކުރާ ސެންޓަރު” ތަރައްގީ ކުރާނެ ބަޔަކު ހޯދަނީ.

ފުވައްމުލަކުގައި “ގާއިމު ކުރެވިފައިވާ” ކަމަށް ފިނޭންސް މިނިސްޓްރީން ބުނާ އައިލެންޑް ވޭސްޓް މެނޭޖްމެންޓް ސެންޓަރު އަޕްގްރޭޑް ކުރާނެ ބަޔަކު ހޯދުމަށް ދެވަނަ ފަހަރަސް ބީލަމަށް ހުޅުވާލައިފިއެވެ.

މިއަދު ފިނޭންސް މިނިސްޓްރީން އިޢުލާން ކުރި ގޮތުގައި މިބީލަމުގައި ރެޖިސްޓްރީ ވުމުގެ ފުރުސަތު މި ޖެނުއަރީ މަހު 13 ވަނަ ދުވަހާއި ހަމަޔަށް އިތުރު ކޮށްފައިވާ ކަމަށެވެ. މިބީލަމުގަިއ ބައިވެރިވުމަށް 500 ރުފިޔާގެ ރެޖިސްޓްރޭޝަން ފީއަކާއި ބިޑް ސެކިއުރިޓީގެ ގޮތުގައި 15000 ރުފިޔާ ބަހައްޓަން ޖެހެއެވެ. އަދި ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި މަސައްކަތުގެ އަގުގެ %5 ބަހައްޓަން ޖެހެއެވެ.

ކުރިން އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާންގެ މުއްދަތު ހަމަވިއިރު މަސައްކަތުގެ ޝަރުތު ހަމަވާ ފަރާތެއް ލިބިފައި ނުވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ. މިފަހަރުގެ ބިޑް ހުޅުވުން އޮންނާނީ 14 ޖެނުއަރީ 2016 ވާ ބުރާސްފަތި ދުވަހު 11:00 ގައި ފިނޭންސް މިނިސްޓްރީގެ ޖަލްސާ ކުރާ މާލަމުގަ އެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުން މިބިޑްގެ މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގގައި، ވާރލްޑްބޭންކުގެ ގައިޑްލައިންސް: އައ.ބީ.އާރު.ޑީ ލޯނު، އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ޤައުމުތަކުން ތަކެތި ހޯދުމާއި، މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން- ޖަނަވަރީ 2011 ގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށެވެ.

މިއީ ވާރލްޑްބޭންކުގެ އެހީތެރިކަމާއެކު މޯލްޑިވްސް ކްލައިމެޓް ޗޭންޖް ޓްރަސްޓް ފަންޑު (ސީ.ސީ.ޓީ.އެފް)ގެ ދަށުން އެކުލަވާލެވި، ތަންފީޒު ކުރަމުންގެންދާ “ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ)”ގެ ދަށުން ހިންުމަށް ހަމޖެހިފައިވާ ޕްރޮޖެކްޓެކެވެ.


ކިޔުންތެރިންގެ ޚިޔާލު