22 ނޮވެމްބަރ 2018 ( ބުރާސްފަތި )

banner

ފެމިލީ އެންޑް ޗިލްޑްރެން ސެންޓަރުގެ ދެއިމާރާތުގެ މަސައްކަތް ކުރިޔަށް ދަނީ... ފޮޓޯ: މިކަލް ނިއުސް

ފުވައްމުލަކު ފެމިލީ އެންޑް ޗިލްޑްރެން ސެންޓަރުގެ އިމާރާތް މަހެއްހާ ދުވަހުގެ ތެރޭގައި ހުޅުވޭނެ – މަސްސޫދު.

ޖެންޖެޑަރ މިނިސްޓްރީން ފުވައްމުލަކުގައި އިމާރާތް ކުރަމުން އަންނަ ފެމިލީ އެންޑް ޗިލްޑްރެން ސެންޓަރުގެ ދެ އިމާރާތް ވެސް މަހެއް ހާ ދުވަހުގެ ތެރޭގައި ހުޅުވޭ ވަރުވާނެ ކަމަށް އެމިންސްޓްރީގެ ފަރާތުން ފުވައްމުލަކުގައި އިސްކޮށް ހަރަކާތްތެރިވާ ސޯޝަލް ސާވިސް އޮފިސަރ މަސްސޫދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ތަފާތު ސަބަބުތަކާ ހެދި އިމާރާތުގެ މަސައްކަތުގައި ދިގުމުއްދަތެއް ހޭދަވެފައި ވާ މި ދެއިމާރާތުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބެލުމަށް ޖެންޑަރ މިނިސްޓްރީގެ ވަފުދެއް މީގެ ދެދުވަހެއް ކުރިން ފުވައްމުލަކުގައި ހަރަކާތްތެރިވަމުން ދިޔަކަން މިކަލް ނޫހަށް ވަނީ އެނގިފައެވެ. މިފަދަ ދަތުރުތަކާއި ގުޅޭ ގޮތުން އާއްމުންގެ ވަރަށް ގިނަ ފާޑުކިޔުންތަކެއް އަބަދުވެސް އޮވެއެވެ. އެހެނީ މިފަދަ ދަތުރުތަކުން މަސައްކަތުގެ ހަލުއިމިނަށް ބަދަލެއް އަންނަ ތަން ނުފެންނައިރު، ދަތުރުތަކަށް ކުރެވޭ ޚަރަދާ އާޅާބަލާއިރު ކުރެވޭ ކަމެއް އާއްމުންނަށް އެގެން ނޯންނާތީ ވެސް މެއެވެ.

މިކަލް ނޫހުން އިމާރާތްތައް ބެލިބެލުމުންނާއި މަސައްކަތް ކުރިޔަށް ދާ ސްޕޑަށް ބަލާއިރު މިދެ އިިމާރާތް ވެސް ބޭނުންކުރެވޭވަރު ވަނީ އަދި ތިން ހަތަރުމަސް ފަހުންކަމަށް ބެލެވެއެވެ. އެއް އިމާރާތުގެ އެތެރޭގައި އަދި ސިމެންތި ޖެހުމުގެ މަސައްކަތް ފެށީއެވެ. ނަމަވެސް އަނެއް އިމާރާތުގެ ފިނިޝިން މަސައްކަތް ވަނީ ފަށާފައެވެ. މިދެ އިމާރާތްވެސް ގާއިމުކުރެވިފައި ވަނީ ދޫނޑިގަމު ސަރަހައްދުން ކައުންސިލް އިދާރާ ހިސާބުގައެވެ.

ފެމިލީ އެންޑް ޗިލްޑްރެން ސެންޓަރުގެ ޚިދުމަތް ފުވައްމުލަކުގައި މިހާރު ދެމުން ގެންދަނީ ކުރިން އަތޮޅު ހޮސްޕިޓަލް ހިންގި އިމާރާތުގެ އެއްބައިގައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު