A wide advertisement which will be shown on all devices. (700 x 100)

ބުޗުގެ ކެމްޕޭނު ލޯންޗުކުރުން 28 މާޗުގައި

ވިލިމާލެ ދާއިރާއަށް ކުރިމަތިލާފައިވާ ފުވައްމުލަކު ބުލޫ ލައިޓް މުހައްމަދު ހުސޭން (ބުޗު) ގެ ކެމްޕޭނު ލޯންޗުކުރުން މާޗު 28 ވާ ބުރާސްފަތި ދުވަހު އޮންނާނެ ކަމަށް މުހައްމަދު ހުސޭން ވިދާޅުވެއްޖެއެވެ. މާޗު 28 ވަނަ ދުވަހަކީ އެދާއިރާގެ މަޖިލިސް ބަހުސް އޮންނަ ދުވަހެވެ.

އަދި ކެމްޕޭނު ނުފެށުނު ނަމަވެސް ތިންވަނާގައި ވަނީ އޭނާ ކަމަށް މުހައްދު ހުސޭން ބުންޏެެވެ. ލޭބާ ޕާޓީގެ ފަރާތުން ވާދަކުރާ މުހައްމަދު ހުސޭނަކީ ރިސޯޓް ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރައްވާފައިވާ އެދާއިރާގެ ގިނަގުނަ ތަޖުރިބާހުރި ބޭފުޅެކެވެ. ގައުމީ ޝިޕިން ކުންފުނީގެ ރޭޑިއޯ އޮފިސަރު ކަން ކުރެއްވި މުހައްމަދު ހުސޭން އަކީ ސީމަނެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައިވާ ބޭފުޅެކެވެ. އެމްއީއެސް ތައުލީމު ހަޔާތް ފެއްޓެވި މުހައްމަދު ހުސޭން މަތީ ތައުލީމު ހާސިލު ކުރެއްވީ އިންޑިއާގެ އިސްޓިޓިއުޓް އޮފް ޓޫރިޒަމް ޓެކްނޮލޮޖީއިންނެވެ.

ހަަތަރު ކެންޑިޑޭޓުން ކުރިމަތިލާފައިވާ މިދާއިރާއަށް ފުވައްމުލަކު ދެކެންޑިޑޭޓަކު ވާދަކުރެއެވެ. މުހައްމަދު ހުސޭންގެ އިތުރުން މިދާއިރާއަށް ކުރީގެ ނާއިބު ރައީސް ފުވައްމުލަކު އީސްޓްލައުޓް މުހައްމަދު ޖަމީލު އަހުމަދު ވެސް ވާދަކުރެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !