14 ނޮވެމްބަރ 2018 ( ބުދަ )

banner

މިއަދު ފުވައްމުކަށް ގެނައި ޓްރާންސްފޯމަރުތައް ބޭލުމުގެ މަސައްކަތް މިރޭ ކުރާނެކަމަށް ވޭ. ފޮޓޯ: މިކަލް ނިއުސް

ކަރަންޓް ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޓްރާންސްފޯމަރުތަކެއް ގެނެސްފި

ފެނަކަ ކޯޕަރޭޝަނުން ފުވައްމުލަކަށް ދެމުންދާ ކަރަންޓް ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޓްރާންސްފޯމަރުތަކެއް މިއަދު ރަށަށް ގެނެސްފިއެވެ.

އިންޖީނުގެއިން އެކި އަވަށްތަކުގައި ގާއިމުކޮށްފައިވާ ޓްރާންސްފޯމަރުގެ ތަކުގައި ބެހެއްޓުމަށް ގެންނަން ހަމަޖެހފައިވާ 4 ޓްރާންސްފޯމަރުގެ ތެރެއިން މިއަދު ރަށަށް އައީ 3 ޓްރާންސްފޯމަރެވެ. އަދި އިތުރު އެކަތި މާދަމާ ރަށަށް އަންނާނެ ކަމަށް ފެނަކައިގެ އިންޖީނުގޭގައި މަސައްކަތް ކުރާ މުވައްޒަފަކު ބުންޏެވެ.

މިގެންނަ ޓްރާންސްފޯމަރުތައް މެދުވެރިކޮށް އިތުރު ގެތަކަށް މިހާރަށްވުރެ ފެންވަރު ރަނގަޅުކޮށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށް ދެވޭނެކަމަށް މައުލޫމާތު ލިބެއެވެ. މިހާރު މިރަށަށް ގާތްގަޑަކަށް 2 މެގަވޮޓްގެ ކަރަންޓް ބޭނުންކުރެވޭ ކަމަށް ވެއެވެ.

މިހާރުވެސް ކުރިން އެންގުމެއް ނެތި ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑެއެވެ.

ކަރަންޓް ބޭނުން ކުރާ ފުވައްމުލަކުގެ ގިނަބަޔެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކަރަންޓް ބިލްގައި ބައެއް ޔޫޒޭޖް ބޭންޑް ތަކުގެ އަގު އެނގުމެއްނެތި ބަދަލުވަމުން ދާ މައްސަލައެވެ. އެގޮތުން މިމަހުގެ ކަރަންޓް ބިލުގައި ވެސް ބަދަލުތަކެއް ހުރިކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި ސޯޝަލް މީޑިއާގައި ބައެއް ބަދަލުތައް ބިލުގެ ފޮޓޯއާއެކު ވެސް މީހުން އަންނަނީ ޝެއަރ ކުރަމުންނެވެ.

ނަމަވެސް ފެނަކައިގެ ފަރާތުން ބުނަނީ ޔޫސޭޖު ބޭންޑްގެ އަގުތަކަށް އެއްވެސް ބަދަލެއް މިމަހުގައި ގެނެސްފައި ނުވާނެ ކަމަށެވެ.

banner

ކިޔުންތެރިންގެ ޚިޔާލު