A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ރައްޔިތުން ވޯޓުލުމަށް ޚާއްސަ 13 ވޯޓު ފޮށި ބަހައްޓާނެ

މިދިޔަ އާދީއްތަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން ފުވައްމުލަކު ރައްޔިތުން ވޯޓުލުމަށް ޚާއްސަ 13 ވޯޓްފޮއްޓެއް ބެހެއްޓޭނެއެވެ. އެއީ މާލޭގައި ބެހެއްޓޭ 3 ވޯޓު ފޮއްޓާއި ފުވައްމުލަކުގައި ބެހެއްޓޭ 10 ވޯޓުފޮއްޓެވެ. ނިމިދިޔަ ރިއާސީ އިންތިޚާބުގައި މާލޭގައި ދިރިއުޅޭ ފުވައްމުލަކު ރައްޔިތުންގެ ތެރެއިން ފުވައްމުލަކު މެދު ދާއިރާ އާއި ދެކުނު ދާއިރާގެ ރައްޔިތުން ވޯޓުލުމަށް އެއްފޮށި ބެހެއްޓުނު ނަމަވެސް މިފަހަރު މިދެދާއިރާގެ ރަށްވެހިން ވޯޓުލުމަށް ބެހެއްޓޭނީ އެދެދާއިރާއަށް ޚާއްސަ ދެވޯޓު ފޮއްޓެވެ.

ފުވައްމުލަކުގައި ދިރިއުޅޭ ފަރާތްތައް ވޯޓުލުމަށް ކުރީ ފަހަރެކޭ އެއްފަދައިން މިފަހަރުވެސް ބެހެއްޓެނީ 10 ވޯޓު ފޮއްޓެވެ. އެއީ މިސްކިތްމަގު އަވަށު ރަށްވެހިން ވޯޓުލުމަށް ބެހެއްޓޭ 2 ފޮއްޓާއި ދޫޑީގަމް ރަށްވެހިން ވޯޓުލުމަށް ބެހެއްޓޭ 2 ވޯޓު ފޮއްޓާއި އަނެއް 6 އަވަށުގެ ރަށްވެހިން ވޯޓުލުމަށް ބެހެއްޓޭ 6 ވޯޓު ފޮއްޓެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !