A wide advertisement which will be shown on all devices. (700 x 100)

އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވާއިދާއި ގުޅޭ މައުލޫމާތު ފުވައްމުލަކު އޮޑިވެރިންނަށް ދީފި

ފުވައްމުލަކު އޮޑިވެރިންނަށް ސަލާމަތާއިބެހޭ ގަވާއިދާއި ގުޅޭ މައުލޫމާތު ދެވެނީ؛ ފޮޓޯ، ފުވައްމުލަކު އަތޮޅު އޮފީހުގެ ފޭސްބުކް ޕޭޖް

މިއަހަރު ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ފެށުނު ކަނޑުގައި ދުއްވާ އުޅަނދު ފަހަރުގެ ސަލާމަތާއި ބެހޭ ގަވާއިދާއި ގުޅޭ މައުލޫމާތު ފުވައްމުލަކު އޮޑިވެރިންނަށް ފުވައްމުލަކު އަތޮޅު އޮފީހުން ދީފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި އަލަށް އަމަލު ކުރަން ފެށުނު ކަނޑުގައި ދުއްވާ އުޅަނދު ފަހަރުގެ ސަލާމަތާއި ބެހޭ ގަވާއިދާއި ގުޅޭ ތަފާތު މައުލޫމާތު ބައިވެރިންނާއި ހިއްސާ ކުރެވުނެވެ.

އަލަށް އަމަލު ކުރަން ފެށުމު ގަވާއިދުގެ ދަށުން އުޅަނދުގެ ސަލާމަތީ ސެޓްފިކެޓްގެ އިތުރުން ސީވޯރތިނެސް ސެޓްފިކެޓާއި، ބަރުމަރުކާ ސެޓްފިކެޓާއި، ޕަސިންޖަރުން އުފުލުމާއި ބެހޭ ސެޓްފިކެޓާއި، އޮއިލް ޕޮލިއުޝަން އެންޑް ޕްރިވެންޝަން ސެޓްފިކެޓެއް އޮންނަން ވާނެއެވެ. މީގެ އިތުރުންވެސް، ނުރައްކާތެރި މުދާ ނުވަތަ އަލިފާން ހިފާ ޒާތުގެ މުދާ އުފުލާނަމަ އެކަމަށް ޚާއްސަ ސެޓްފިކެޓާއި، 10 ހާސް ލީޓަރަށް ވުރެ ގިނަ ތެޔޮ އުފުލާނަމަ އެކަމަށް ޚާއްސަ ސެޓްފިކެޓާއި، ފާޚާނާ ހުންނަ އުޅަނދު ފަހަރުގައި ސްވޭޖް ސެޓްފިކެޓާއި، 24 މީޓަރަށްވުރެ ދިގުނަމަ ގާބޭޖް މެނޭޖްމަންޓް ޕްލޭނެއް ވެސް އެއުޅަނދެއްގައި އޮންނަން ޖެހެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !