A wide advertisement which will be shown on all devices. (700 x 100)

ފޯކައިދޫ އެތުލެޓިސް ޓީމު ފުވައްމުލައް ސިޓީއަށް އަތުވެއްޖެ

ށ. ފޯކަހިދޫ އެތުލެޓިކްސް ޓީމަށް މަރުހަބާ ކީ އެމްޖޭއެސް ސްކޫލުން

މި މާރޗު މަހު 24-28 އަށް ފުވައްމުލަކު ސްޓޭޑިއަމްގައި ބާއްވާ 12 ވަނަ މަކިޓާ ޖޫނިއަރ އެތުލެޓިކްސް މުބާރާތުގައި ބައިވެރިވާ ފޯކައިދޫ ޓީމު މިއަދު މެދުރު ފުވައްމުލައް ސިޓީއަށް އަތުވެއްޖެއެވެ. 21 ސްކޫލަކުންނާއި 11 ކްލަބަކުން ބައިވެރިވެފައިވާ މިމުބާރާތުގައި ފޯކައިދޫ ޓީމަކީ އެންމެ ފުރަތަމައަށް އައި ރަށުން ބޭރުގެ ޓީމެވެ. މިމުބާތާރް އިންތިޒާމުކުރަނީ ފުވައްމުލަކު ސިޓީ ކައުންސިލާއި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ނެވެ.

މިޓީމުގައި 8 އެތުލީޓުންނާއި ކޯޗަކު ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ. ފޯކައިދޫ ޓީމަށް އެމްޖޭއެސް ސްކޫލުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ފޯކައިދޫ އަކީ ރާއްޖޭގެ އުތުރުން ށ. އަތޮޅަށް ނިސްބާވާ ރަށެކެވެ. ފޯކައިދޫގެ ޓީމެއްގެ ވާހަކަ އެންމެ ފުރަތަމަ މުޅިރާއްޖެއަށް އަޑުގަދަވެގެން ގޮސްފައި ވަނީ ގައުމީ ފުޓުބޯޅަ މުބާރާތުގައި ވާދަކޮށް ބައިކޮޅަށް އެންމެ ގިނަ ގޯލު ވަން ޓީމެއްގެ ގޮތުގައި އެވެ. ނަމަވެސް މިހާރު ފޯކައިދޫގެ ފުޓުބޯޅަ ޓީމަކީ ވެސް ވަރުގަދަ ޓީމުތަކާއި އެކު މޮޅު ކުޅުމެއް ދައްކައި ކާމިޔާބުވެސް ކުރާ ފެންވަރުގެ މޮޅު ޓީމެކެވެ. ކުރިން ފެންވަރުދަށް ކުޅުމުގެ ގޮތުން “ހީވަނީ ފޯކައިދޫ ޓީމު ހެންނޭ” ބުންޏަސް މިހާރު އެކަން މިވަނީ މުޅިން ބަދަލުވެފައެވެ. ފޯކައިދޫގެ މީހުން ކުރި ހިތްވަރުން މިއަދު އެރަށު ޓީމުތައް މިވަނީ ގައުމީ މުބާރާތުގައި ވެސް ފައި ހަމަކޮށްލެވޭ ވަރުގެ ޓީމަކަށް ވެފައެވެ.

މިފަހަރުގެ އެތުލެޓިކްސް މުބާރާތުގައި ފޯކައިދޫ ޓީމުން ކިހާ ހިތްވަރެއް ދައްކާތޯ ބަލަން މަޑު ކުރުން ރަނގަޅެވެ.

މި މުބާރާތުގައި ފުވައްމުލައް ސިޓީގެ ހުރިހާ ސްކޫލަކުން ބައިވެރިވެއެވެ. އެގޮތުން ފުވައްމުލަކު ސްކޫލް، (އެފްއެސް)، ހާފިޒު އަޙުމަދު ސްކޫލް (ހޭޒް)، ޏ.އަތޮޅު ތައުލީމީ މަރުކަޒު (ޏ.އޭއީސީ) އަދި މުހައްމަދު ޖަމާލުއްދީން ސްކޫލް(އެމްޖޭއެސް) ހިމެނެއެވެ. މިސްކޫލަތަކަކީ ފާއިތުވި އަހަރުތަކުގައި މި މުބާރާތުން ރަނގަޅު ނަތީޖާތަކެއް ނެރެފައިވާ ސްކޫލްތަކެކެވެ. މިސްކޫލްތަކުގެ އިތުުރުން ފުވައްމުލަކުގައި ހިންގާ ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން ވެސް މި މުބާރާތުގައި ބައިވެރިވެއެވެ.

ފުވައްމުލައް ސިޓީ އިތުރުން އައްޑޫ ސިޓީގެ ހުރިހާ ސްކޫލަކުން ހެން ބައިވެރިވެފައި ވެއެވެ. އެގޮތުން އައްޑޫ ސިޓީން ބައިވެރިވެފައި ވަނީ:

އައްޑޫ ހައިސްކޫލް، ފޭދޫ ސްކޫލް، ހިތަދޫ ސްކޫލް، އިރުޝާދިއްޔާ ސްކޫލް، މަރަދޫ-ފޭދޫ ސްކޫލް، މަރަދޫ ސްކޫލް، ކެންގަރޫ ކިޑްސް އަދި ޝަރަފުއްދީން ސްކޫލް ހިމެނެއެވެ.

މީގެ އިތުރުން ގއ. ދާންދޫ ސްކޫލާއި، ގއ. އަތޮޅު ތައުލީމީ މަރުކަޒު (ގއ.ވިލިނގިލި) އާއި ލ.އަތޮޅު ސްކޫލާއި، ރ. މަޑުއްވަރީ ސްކޫލާއި، ހދ. މަކުނުދޫ ސްކޫލް ހިމެނެއެވެ.

މާލޭގެ، ވިލާ އިންޓަރނޭޝަނަލް ހައިސްކޫލާއި، ބިލަބޮން އިންޓަރނޭޝަނަލް ހައިސްކޫލް ހިމެނެއެވެ.

މުބާރާތުގައި ބައިވެރިވެފައިވާ ކްލަބުތަކަށް ބަލާއިރު ގިނައީ މާލޭގައި ހިންގާ އެތުލެޓިކްސް އެކަޑަމީ ތަކެވެ. ރޭސާރސް، ކްލަބު މުގޫ ސްޕޯރޓްސް، ކްލަބު ކާމް ސްޕޯރޓްސް، ކްލަބު ރާވެރިޔާ، ކުޑަހުސޭން ސްޕޯރޓްސް އެސޯސިއޭޝަން، ކީ ސްޕޯރޓްސް އެކަޑެމީ، ސާއިދު ސްޕޯރޓްސް، ދަ ބްލެކް މާލިން، ޓްރެކް އެންޑް ފިލްޑް އެސޯސިއޭޝަން، ރައުހަތު ސްޕޯރޓްސް އާއި ޖީއެން ވޮލަންޓިއަރސް ހިމެނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ފޯކައިދޫ

    ހަމަ ފޯކައިދޫ ވީމަ ދޯ އެއޮތީ އެހާ ދަށްކޮށްލާފަ