ވޯޓުލުމަށް އައިޑީ ކާޑު އާކުރަން 28 މަރޗްގެ ކުރިްނހުށަހެޅުއްވާ!
އަންނަ އޭޕްރީލް މަހު 6 ވަނަ ދުވަހު ބޭއްވޭ ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބުގައި ވޯޓުލުމަށް އައިޑީކާޑުު އައުކުރަން މިމާރޗު މަހު 28 ގެ ކުރިން ހުށަހެޅުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ.
މިފުރުސަތު ހުޅުވާލާފައި ވަނީ ހަމައެކަނި ފުވައްމުލަކުގައި ދިރިއުޅޭ ފަރާތްތަކަށެވެ. އައިޑީކާޑުގެ މުއްދަތު ހަމަވެގެން އާކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުން މުހިންމެވެ.
މާރޗު 28 ގެ ފަހުން އައިޑީކާޑު އައުކުރުމަށް ހުށަހަޅާ ފަރާތްތަކަށް ވޯޓުލާ ދުވަހުގެ ކުރިން އަނބުރާ އައީިޑިކާޑު ލިބުމުގައި ދަތިތަކެއް ދިމާވެދާނެތީ އެކަމަށް ސަމާލުވެ އައިޑީކާޑު އައުކުރަން އެދޭ ފަރާތްތަކުން އަވަހަށް ހުށަހެޅުމަށް ސިޓީ ކައުނސިލުން އެދެއެވެ.
އިންތިޚާބުގައި ވޯޓު ލުމަށް އައިޑީކާޑުގެ އިތުރުން އުޅަނދު ދުއްވުމގެ ލައިސަންސް ކާޑާއި ޕާސްޕޯރޓު ވެސް ބޭނުން ކުރެވެއެވ.