20 ޖުލައި 2019 ( ހޮނިހިރު )

އެތުލެޓިކްސް ޓީމުތައް މިއަދާއި މިރޭވެސް ފުވައްމުލަކަށް އައި.

ރަށުންބޭރުގެ އިތުރު އެތުލެޓިކްސް ޓީމުތައް ފުވައްމުލައް ސިޓީއަށް އަތުވެއްޖެ

އަންނަ އާދީއްތަ ދުވަހު ފަށާ 12 ވަނަ މަކިޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ރަށުން ބޭރުގެ އިތުރު ޓީމުތައް މިއަދު ފުވައްމުލައް ސިޓީއަށް އަތުވެއްޖެއެވެ.

މިއަދު ފުވައްމުލަކަށް އައި ޓީމުތަކަކީ ރ. މަޑުއްވަރީ ސްކޫލް ޓީމާއި، ލ.އަތޮޅު ސްކޫލާއި، ރ. މަޑުއްވަރީ ސްކޫލާއި، ހދ. މަކުނުދޫ ސްކޫލުގެ އިތުރުން ސާއިދު ސްޕޯރޓްސް އާއި ދަ ބްލެކް މާލިން، ކުޑަހުސޭން ސްޕޯރޓްސް އެސޯސިއޭޝަން ހިމެނެއެވެ.

މިއަދު ފުވައްމުލައް އައި އެތުލެޓިކްސް ޓީމު

މި ޓީމުތަކުގެ އިތުރުން އައްޑޫ ސިޓީގެ ގިނަ ޓީމުތަކެއް ވެސް މިއަދު ވަނީ ފުވައްމުލައް ސިޓީއަށް އައިސްފައެވެ. އައްޑޫން މިރޭ އައި ޓީމުތަކުގެ ތެރޭގައި ފޭދޫ ސްކޫލް ޓީމާއި، ކެންގަރޫ ކިޑްސް ހުސްނިއްޔާ ޕްރި-ޕްރައިމަރީ ސްކޫލުގެ ޓީމުތައް ހިމެނެއެވެ.

މި މުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މާރޗު މަހު 24-28 އަށް ފުވައްމުލަކު ސްޓޭޑިއަމްގައެވެ. މިމުބާރާތުގައި ޓްރެކްއިވެންޓާއި ފިލްޑް އިވެންޓްތައް ކުރިޔަށް ގެންދެވޭނެއެވެ.

މިއަދު ފުވައްމުލައް އައި އެތުލެޓިކްސް ޓީމު

މުބާރާތުގައި 13 އަހަރުން ދަށާއި، 15 އަހަރުން ދަށާއި، 17 އަހަރުން ދަށާއި، 19 އަހަރުން ދަށުން ކޮންމެ ބަޔަކުން ވެސް އަންހެން އަދި ފިރިހެންކުދިންގެ ބައިގައި އެތުލީޓުން ވާދަކުރާނެއެވެ.

މުބާރާތުގައި ކުރިޔަށް ގެންދެވޭ އިވެންޓްތަކުގެ ތެރޭގައި

80 މީޓަރ ދުވުން (އަންހެން އަދި ފިރިހެން)

100 މީޓަރު ދުވުން

200 މީޓަރު ދުވުން

400 މީޓަރު ދުވުން

މިއަދު ފުވައްމުލަކަށް އައި އެތުލެޓިކްސް ޓީމު

800 މީޓަރު ދުވުން

1500 މީޓަރު ދުވުން

5000 މީޓަރު

ޓްރެކް އިވެންޓް ތަކުގެ ތެރޭގައި ޑިސްކަސް ތްރޯ އާއި ޖެވެލިން ތްރޯ، ހާޑް ބޯލް ތްރޯ، ލޯންގް ޖަމްޕް، ހައި ޖަމްޕް އަދި ޓްރިޕްލް ޖަމްޕް ހިމެނެއެވެ.

މިއަދު ފުވައްމުލަކަށް އައި ސ.ފޭދޫ ސްކޫލް އެތުލެޓިކްސް ޓީމު

މިމުބަރާތުގައި މުޅިއެކު 21 ސްކޫލަކުންނާއި 11 ކްލަބަކުން ޓީމުތައް ބައިވެރިވެފައި ވެއެވެ.

މިމުބާރާތް އިންތިޒާމު ކުރަނީ ފުވައްމުލަކު ސިޓީ ކައުންސިލާއި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ނެވެ.

މިއަދު ފުވައްމުލަކަށް އައި ބިލަބޮންގ އިންޓަރނޭޝަނަލް އެތުލެޓިކްސް ޓީމުކިޔުންތެރިންގެ ޚިޔާލު