25 އޭޕްރީލް 2019 ( ބުރާސްފަތި )

banner

ފުވައމްުލައް ސިޓީގެ ކެންޑިޑޭޓުންގެ ބަހުސު މިއަދު 12:30 ގައި ޓީވީއެމް

މަޖުލިސް ބަހުސް މިއަދު 12:30 ލައިވް ކުރަނީ

ޕީއެސްއެމް އިން ގެނެސްދޭ މަޖިލިސް ބަހުސް 2019 ގެ ފުވައްމުލަކު ދާއިރާތަކުގެ ބަހުސް މިއަދު ޓީވީއެމް އިން ލައިވް ކުރެވޭނެއެވެ.

ފުވައްމުލަކު ތިން ދާއިރާގެ ތެރެއިން ފުރަތަމަ އޮންނާނީ އުތުރު ދާއިރާގެ ބަހުސެވެ. އުތުރު ދާއިރާގެ ބަހުސު އޮންނާނީ މެންދުރުފަހު 12.30 ގައެވެ. މިބަހުސުގައި ފުވައްމުލަކު އިތުރު ދާއިރާއިން މަޖުލިސް އިންތިޚާބަށް ވާދަކޮށްފައިވާ 3 ކެންޑިޑޭޓުން ވެސް ބައިވެރިވާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މަޖުލިސް 2019 ކެންޑިޑޭޓުން

އެގޮތުން އަމިއްލަ ވާދަކުރި ކެންޑިޑޭޓް، ނަމްބަރު 1. އަލިޝާހު އާއީ 2. ހަސަން އަބްދުﷲ އަދި  އެމްޑީޕީގެ ކެންޑިޑޭޓް، ނަމްބަރު 3 މުހައްމަދު ރަޝީދު (ދޮންބެ) ފުވައްމުލަކާއި މެދު ގެންގުޅުއްވާ ތަސައްވުރު މުޅި ރާއްޖެއަށް ހާމަވެގެން ދާނެކަމަށ ބެލެވެއެވެ.

ފުވައްމުލަކު މެދު ދާއިރާގެ މަޖުލިސް 2019 ކެންޑިޑޭޓުން

މެދު ދާއިރާގެ ބަހުސް އޮންނާނީ މިއަދު މެންދުރުފަހު 2.30 ގައި އެވެ. މިބަހުސުގައި ވެސް މިދާއިރާއަށް ވާދަކުރަނީ އެމްޑީޕީގެ ކެންޑިޑޭޓް، ކެންޑިޑޭޓް ނަމްބަރު 1. ހުސޭން މުހައްމަދު ދީދީ އާއި ޕީއެންސީގެ ކެންޑިޑޭޓް، 2. ހަސަން ޚާލިދު (ސެންޑޭ) ބައިވެރިވާނެއެވެ. މިދާއިރާއިން ވެސް އެކެންޑިޑޭޓުން ގެންގުޅުއްވާ ސިޔާސަތުތައް ހާމަވެގެން ދާނެކެމަށް ބެލެވެއެވެ.

ފުވައްމުލަކު ދެކުނު ދާއިރާގެ މަޖުލިސް 2019 ކެންޑިޑޭޓުން

ދެކުނު ދާއިރާގެ ބަހުސް އޮންނާނީ ހަވީރު 4.30 ގައެވެ. މިބަހުސުގައި މިދާއިރާއިން އމިއްލ ަގޮތުން ވާދަކުރާ 2 ކެންޑިޑޭޓުން ކަމަށްވާ މުހަމއްމަދު އަބްދުއްﷲ (މޯޑް) އާއި 2. އަލީ ފަޒާދު ގެ އިތުރުން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު މުމްތާޒު ފުވައްމުލަކާއިމެދު ގެންގުޅުއްވާ ތަސައްވުރާއި އެބޭފުޅުންގެ ތަޢާރެފެއް ލިބިގެންދާނެއެވެ.

ރާއްޖޭގެ ހުރިހާ ދާއިރާއެއްގެ ބަހުސް މިމަހު 28ގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ޕީއެސްއިން މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ.

ވޭތުވެ ދިޔަ 17 އަދި 18 ވަނަ މަޖިލިސް އިންތިހާބުގައި ވެސް ދައުލަތުގެ މީޑިއާ އިން ވަނީ ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި މަޖިލިސް ބަހުސް ބާއްވައިފަ އެވެ.

މިކަލް ނޫހުން ވެސް ކުރިން ވަނީ ކެންޑިޑޭޓުންގެ ބަހުސެއް ކުރިޔަށް ގެންގޮސްފައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު