16 ޑިސެމްބަރ 2018 ( އާދީއްތަ )

banner

ހޭޒްގެ ދަރިވަރުން އަދި ޓިޗަރުން މާލޭގައި ބޭއްވުނު ބައްދަލުވުމަކަށް ދަރުބާރުގެއަށް ވަންނަނީ 2015. ފޮޓޯ: މިކަލް

މިއަހަރު ހޭޒްގެ ކިޔެވުން ދެ ސެޝަނަށް

ހާފިޒު އަހުމަދު ސްކޫލުގެ ކިޔެވުން މާދަމާ ފެށޭއިރު އެސްކޫލުގެ ކިޔެވުން މައިގަނޑު ދެ ސެޝަނަކަށް ބަހާލެވިފައިވާ ކަމަށް އެސްކޫލުން ވިދާޅުވެއްޖެއެވެ.

އާއްމުކޮށް ހެނދުނު ސެޝަން ފެށޭނީ 6:45 ގައި އަދި ނިމޭނީ 11:45 ގައެވެ. އަދި މެނދުރު ފަހުގެ ސެޝަން ފެށޭނީ 12:15ގައި އަދި ނިމޭނީ 5:40 ގައި ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން އެސްކޫލުގެ ރެއިންބޯ ކްލާސް ފިޔަވައި އަލަށް ސްކޫލަށް ގެނެވުނު ޔޫކޭޖީއާއި އެލްކޭޖީ ކްލާސްތަކުގެ ތެރެއިން އެލްކޭޖީ ކުދިން ގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ 3:15ގައެވެ.

މިއަހަރުގެ ކިޔެވުން މާދަމާ ފެށޭއިރު ފުރަތަމަ ދުވަހުގެ ކިޔެވުން ވަނީ ކުރު ސެޝަންތަކެއްގެ ގޮތުގައި ހަމަޖައްސާފައެވެ. އެގޮތުން ފުރަތަމަ ސެޝަނަށް ހެނދުނު 6:45 ށް ހާޒިރުވާން ޖެހޭ އިރު ނިމެނީ 9:15 ގައެވެ. ދެވަނަ ސެޝަންގެ ދަރިވަރުން 12:15 އަށް ހާޒިރުވާން ޖެހޭ އިރު ނިމެނީ 3:00 ގައެވެ. އަދި 3 ވަނަ ބަޔަކަށް އެލްކޭޖީ ކުދިން 3:15 އަށް ހާޒިރުވާން ޖެހޭ އިރު ނިމެނީ 4:45 ގައެވެ.

ރެއިންބޯ ކްލާސް މާދަމާ ހާޒިރުވާން ޖެހެނީ 8:00 އަށެވެ. ނިމެނީ 9:15 ގައެވެ.

ފުރަތަމަ ދުވަހު، މާދަމާ ޔޫކޭޖީ ކުދިން 12:15 އަށް ދާން ޖެހޭ އިރު އެލްކޭޖީ ކުދިން ދާން ޖެހެނީ 3:15 އަށެވެ.

ހޭޒްގެ މާދަމާގެ ސެޝަންތައް

ސެޝަން 1 ފެށޭނީ: ހެނދުނު 6:45 ނިމޭނީ: ހެނދުނު 9:15
ރެއިންބޯ ކްލާސް ފެށޭނީ: ހެނދުނު 8:00 ނިމޭނީ: ހެނދުނު 9:15
ސެޝަން 2 ފެށޭނީ: މެންދުރު 12:15 ނިމޭނީ: ހެނދުނު 3:00
މާދަމާ ޔޫކޭޖީ ކްލާސް ފެށޭނީ: މެންދުރު 12:15 ނިމޭނީ: ހެނދުނު 3:45
އެލްކޭޖީ ކްލާސް ފެށޭނީ މެންދުރު ފަހު 3:15 ނިމޭނީ ހަވީރު 4:45 ގައި.

 އެސްކޫލުގެ އާ އިމާރާތް ނިމުމުން 1 ސެޝަނަށް ބަދަލުވުމުގެ ފުރުސަތު ބޮޑުކަމަށް މައުލޫމާތު ލިބެއެވެ. 

ނަމަވެސް އެސްކޫލުގެ ބައެއް ބެލެނިވެރިންނާއި ޓީޗަރުން ކަންބޮޑުވަނީ ވަގުތީ ކްލާސްރޫމުގެ ގޮތުގައި ކުރިން ހަދައި މިހާރު “ދާއިމީ ވެފައި” ވާ ދެކްލާސް ރޫމުގެ ހޫނު ގަދަކަމުންނެވެ. އެއިގެ ސަބަބުން ދާހިއްލާ ކުދިންނާއި ޓީޗަރުންނަށް ނުތަނަވަސް ކަން ގެނުވާކަމަށް މިކަލްނޫހަށް މައުލޫމާތު ދިން ބެލެނިވެރިންނާއި ޓީޗަރުން ހާމަކުރިއެވެ.

އަދި އައު އިމާރާތް ނިމުމުން ވެސް އެއް ސެޝަނަށް ސްކޫލް ބަދަލުކުރާ ކަމުގައި ވާނަމަ އެ ދެ ކްލާސްރޫމް ދޫކޮށްލައިގެން ހަމަޖައްސައި ނުލެވޭނެ ކަމަށް ވެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު