20 ޖުލައި 2019 ( ހޮނިހިރު )

ވިސާއާއި ނުލައި ފަތުރުވެރިއެއްގެ ގޮތުގައި ދިވެހިންނަށް ބެންކޮކަށް ދެވޭ ގޮތް ހަމަޖެހިއްޖެ

ވިސާއާއި ނުލައި ދިވެހިންނަށް ތައިލެންޑަށް ދަތުރުކުރެވޭ ގޮތް ހަމަޖައްސައިފި

ވިސާއާއި ނުލައި ދިވެހިންނަށް ތައިލެންޑަށް ދަތުރުކުރެވޭ ގޮތަށް ހަމަޖެހިފަިއވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހުދި ހާމަކުރައްވައިފިއެވެ.

ދިވެހިންގެ ވިޔަފާރީގެ އަދި ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއް ކަމަށްވާ ތައިލޭންޑްގެ ބޭންކޮކަށް ވިސާއާއި ނުލައި ދަތުރުކުރެވޭ ގޮތަށް ހަމަޖުހުމުން ވަރަށް ބޮޑު ފަސޭހަތަކެއް ވެގެން ދާނެއެވެ.

މީގެ އިތުރުން މަތީ ފެންވަރުގެ ބޭސްފަރުވާގެ މަންޒިލެއްގެ ގޮތުގައި ވެސް ދިވެހިންގެ މެދުގައި ބޭންކޮކް އަންނަނީ މަގުބޫލުވަމުންނެވެ.

އަންނަ އެޕްރީލް މަހުގެ 14 ވަނަ ދުވަހުން ފެށިގެން ވިސާއާއި ނުލައި ދިވެހި ރައްޔިތުންނަށް ތައިލޭންޑަށް އެތެރެވެވޭނެ އިންތިޒާމް ތައިލެންޑް ސަރުކާރުން ވަނީ ހަމަޖައްސަވައިފައި ކަމަށް ޝާހިދު އޭނާގެ ފޭސްބުކް ޕޭޖުގައި ހާމަކުރައްވާފައި ވެއެވެ.

‎ނަމަވެސް ވިސާއާއި ނުލައި ތައިލޭންޑަށް ދަތުރުކުރެވޭނީ ފަތުރުވެރިކަމުގެ ބޭނުމަށްމަށެވެ. އެހެން ބޭނުންތަކަށް ދިވެހި ވެސް ވިސާ ނަގަން ޖެހޭނެއެވެ. އާއި ނުލައި އެޕްރީލް މަހުގެ 14 ވަނަ ދުވަހުން ފެށިގެން އެޤައުމަށް އެތެރެވެވޭނެ އިންތިޒާމް ތައިލެންޑް ސަރުކާރުން ހަމަޖައްސަވައިފިއެވެ.

ވިސާ ނެގުމުގައި މާލޭގައި ހުންނަ ތައިލޭންޑް އެމްބަސީ އަކީ ނިސްބަތުން ވަރަށް ފަސޭހަ އަދި އަވަސް ޚިދުމަތެއް ދޭ ތަނެއްގެ ގޮތުގައި ދިވެހިން ވަނީ ބަލައިގެންފައެވެ.


ކިޔުންތެރިންގެ ޚިޔާލު