A wide advertisement which will be shown on all devices. (700 x 100)

އަތޮޅު މުބާރާތުގެ ފުތަމަ މެޗްގައި މިއަދު ދޫނޑިގަމާއި މާލެގަން

މިއަދުގެ މެޗްގައި ބައްދަލުކުރާ ފުވައްމުލަކު ސްޕޯޓްސް ކުލަބްގެ ކުޅުންތެރިން ޕްރެކްޓިހުގައި. ފޮޓޯ: ދޫނޑިގަލޯނާ ފޭސްބުކް ޕޭޖް

އަތޮޅު މުބާރާތް މިއަދު ފައްޓާއިރު އެންމެ ފުރަތަމަ މެޗްގައި މިއަދު ހަވީރު ބައްދަލުކުރާނީ ދޫނޑިގަމް އަވަށަށް ނިސްބަތްވާ ފުވައްމުލަކު ސްޕޯޓްސް ކުލަބާއި މާލެގަމް ޔޫތު ފައުންޑޭޝަންއެވެ.
ފުވައްމުލަކު ސްޓޭޑިއަމްގައި މިއަދު ހަވީރު 3:45 ގައި ފަށާ މުބާރާތުގެ ފުރަތަމަ މެޗަކީ ގްރޫޕް އޭގެ މެޗެކެވެ. ދެ ގްރޫޕަށް ބަހާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގައި ހަތް ޓީމް ބައިވެރިވެފައިވެއެވެ.
މިމުބާރާތުގައި ދެން ވާދަކުރަނީ ގުރޫޕް އޭ ގައި ހިމެނޭ ހަތަރު ޓީމަކީ ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާ، ތޫނޑު ޖަމްމިއްޔާ، ޔޫތު ފައުންޑޭޝަންގެ އިތުރުން ފުވައްމުލަކު ސްޕޯޓްސް ކުލަބްއެވެ. ގުރޫޕް ބީގައި ހިމެނެނީ ތިން ޓީމެވެ. އެއީ ފުވައްމުލަކު ޔޫތު ރިލޭޝަން އާއި ފުނާޑު ޔޫތު އެސޯސިއޭޝަންގެ އިތުރުން އައިލެންޑް ޖޫނިއާސް އެވެ. ކުރިން މިމަހު ފަހެއްގައި ފެއްޓުމަށް ހަމަޖެހިފައިވާ މުބާރާތް ލަސްވެގެން މިދިޔައީ އީދު ބަންދާއި ދިމާވުމުގެ ސަބަބަުން ބައެއް ކަންތައްތައް ހަމަނުޖެހިގެން ކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !