16 ޑިސެމްބަރ 2018 ( އާދީއްތަ )

banner

ފުވައްމުލަކު ހުކުރު މިސްކިތް

ފުވައްމުލަކު ހުރިހާ އަވަށްތަކެއްގައި މާދަމާ ހުކުރު ކުރާނެ: ކައުންސިލްތައް

ފުވައްމުލަކު ހުރިހާ އަވަށެއްގެ ހުކުރު ކުރާ މިސްކިތްތަކުގައި ހުކުރު ކުރާގޮތަށް ހަމަޖައްސާފައިވާ ކަމަށް ކައުންސިލްތަކުން ވިދާޅުވެއްޖެއެވެ.

ބައެއް އޮންލައިން ނޫސްތަކުގައި ދަޑިމަގު ކައުންސިލް ފިޔަވައި އެހެން ކައުންސިލްތަކުން ހުކުރު ނުކުރުމަށް ނިންމާފައިވާ ކަމަށް ބުނެފައިވަނީ ދޮގު ހަބަރެއް ކަމަށާއި ގިނަ ކައުންސިލްތަކުން މާދަމާ ހުކުރު ކުރާގޮތަށް އިމާމުން ހަމަޖައްސާ ހުކުރު ހުތުބާވެސް ހަވާލުކޮށްފައިވާ ކަމަށެވެ.

ފުވައްމުލަކު ބައެއް ކައުންސިލްތަކުން ބުނިގޮތުގައި އިސްލާމިކް މިނިސްޓްރީގެ ދަށަށް މިސްކިތްތައް ބަދަލުކުރުމުން ނިންމަންޖެހޭ ގިނަ ކަންތައްތަކެއް ނުނިމި އެބަހުރިކަމަށާއި އެކަމުގެ ސަބަބުން ދަތިތަކާއި ކުރިމަތިވަމުންދާކަމަށެވެ. އެގޮތުން މުވައްޒަފުންގެ ކަންތައްތަކާއި މިސްކިތް ފޮޅާ ސާފުކުރުމަށް ތަކެތި ހޯދުން ފަދަ ކަންތައްތައް ހިމެނޭކަމަށެވެ.

މިކަލް ނޫހާއި ވާހަކަ ދެއްކި ހުރިހާ ކައުންސިލްތަކަކުންވެސް ބުނެފައިވަނީ މާދަމާ ހުކުރު ކުރާގޮތަށް އިމާމުން ހަމަޖައްސައި ހުތުބާ ހަވާލުކޮށްފައިވާ ކަމަށާއި، ހުކުރު ނުކުރާގޮތަށް ހަމަޖެއްސިކަމަށް ބުނެ ފަތުރާ ހަބަރަކީ ބަޔަކު ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ދައްކަމުންގެންދާ ވާހަކަތަކެއް ކަމަށެވެ.

banner

ކިޔުންތެރިންގެ ޚިޔާލު