A wide advertisement which will be shown on all devices. (700 x 100)

މާރާމާރީއެއް ހިންގައި ތޫނު އެއްޗަކުން ހަމަލާދީ 17 އަހަރުގެ ކުއްޖަކު ޒަޚަމްކޮށްލައިފި

މިއަދު ހެނދުނު ފުވައްމުލަކުގައި އުމުރަން 17 އަހަރުގެ ފިރިހެން ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ. މި މާރާމާރީ ހިންގާފައި ވަނީ މާދަޑު އަވަށު ގެސްޓް ހައުސް އެއްގެ ކައިރިންނެވެ.

މިކަލް ނޫހަށް މައުލޫމާތު ދިން މީހަކު ކިޔައިދިން ގޮތުގައި މިއަދު ހެނދުނުގެ ވަޒީފާއަށް ގެސްޓް ހައުސްއަށް ދިޔަ މާދަޑު އަވަށުގެ އެކުއްޖާގެ އަތަށާއި ބޮލަށް ތޫނު އެއްޗަކުން ހަމަލާ ދީފައި ވަނީ މޫނު ނިވާކޮށްގެން ތިބި ދެ ޒުވާނަކު ސައިކަލެއްގައި އައިސްކަމަށެވެ.

ޒަޚަމްވި 17 އަހަރުގެ ޒުވާނާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ. މިވަގުތު  އެކުއްޖާ އޮތީ އޮޕަރޭޝަން ތިއޭޓަރުގައި ކަމަށާއި ނަމަވެސް ކުއްޖާގެ ހާލު ސީރިއަސް ނޫން ފުވައްމަލަކު ހޮސްޕިލުގެ މީޑިއާ އޮފިޝަލް ހަސަން އަބްދުﷲ ވިދާޅުވިއެވެ.

މި މާރާމާރީގެ މައްސަލައާއި ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކުރި ކަމެއް ނޭގެއެވެ. އެމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމުގެ މައުލޫމާތުލިބެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !