A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގައި ކުރިޔަށްގެންދިޔަ ހެވި އެދުރު ތަމްރީނު ކޯސްނިމި ބައިވެރިންނަށް ސެޓްފިކެޓްދީފި!

ހެވި އެދުރު ތަމްރީނު ކޯސް ނިމި ބައިވެރިންނަށް ސެޓްފިކެޓްް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ : ޕޮލިސް

ފުލުހުންގެ،އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) ގެ ޕޮލިސް އެކަޑަމީން ޏ.ފުވައްމުލަކުގައި 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ން ފެށިގެން 7 ހަފްތާގެ މުއްދަތަށް  ކުރިއަށް ގެންދިޔަ ހެވި އެދުރު ތަމްރީނު ކޯސް ނިމި ބައިވެރިންނަށް ސެޓްފިކެޓްް ދީފިއެވެ.

މުޅި ޖުމްލަ 18 ފުލުހުން ބައިވެރިވި މި ކޯހުން ފާސްވެފައިވަނީ 08 ފުލުހުންނެވެ. މީގެތެރެއިން މި ކޯހުން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރަކަށް ހޮވިފައިވަނީ  ޕޮލިސް ކޮންސްޓަބަލް ޙަސަން އިބްރާހިމްއެވެ.

 މި ރަސްމިއްޔާތު ޝަރުފުވެރިކޮއްދެވާފައިވަނީ  މޯލްޑިވުސް ޕޮލިސް ސާރވިސްގެ، އިންސްޓިޓިއުޓް ފޯ ލޯ އެންޑް ސެކިއުރިޓީ ސްޓަޑީސް (އައިލްސް)ގެ އެގްޒެކްޓިވް ޑައިރެކްޓަރ އެސިސްޓެންޓް ކަމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނު ދެއްކެވި ވާހަކަފުޅުގައި ހެވިއެދުރުންނަކީ އަޚްލާޤް ރަނގަޅު ކިޔަމަންތެރި ބަޔަކަށް ވާނެޖެހޭނެކަމަށާއި ފުލުހުންގެ ތެރޭގައި ހެވިއެދުރުންގެ ދައުރު މިހާރަށްވުރެ ބޮޑަށް ބޭނުންވެފައިވާ މިދަނޑިވަޅުގައި މިފަދަ ކޯހެއް ނިމިގެން ދިއުމަކީ މިކަމަށް ލިބިގެން ދިޔަ އިތުރު ހިއްވަރެއްކަމުގައި ވިދާޅުވިއެވެ. އަދި ހެވި އެދުރު ކޯހަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބުރަ ކަންކަން އެކުލެވޭ ކޯހަށްވެފައި ކޯހުގެ މުއްދަތުގައި ދަރިވަރުންގެ ފަރާތުން ފެނިގެން ދިޔަ ކެތްތެރިކަމާއި ހިތްވަރަކީ އެހެން ފުލުހުން ނަމޫނާއަކަށް ބަލަންޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ

ފުވައްމުލަކުގައި 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ން ފެށިގެން 7 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔައީ ހެވި އެދުރު ތަމްރީނު ކޯހުގެ 03 ވަނަ ބުރެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !