A wide advertisement which will be shown on all devices. (700 x 100)

އެމްޑީޕީ ވެރިކަމެއްގައި އިސްލާމްދީން ނޫން ދީނަކަށް ޖާގައެއް ނޯންނާނެ – ރައީސް ނަޝީދު

އެމްޑީޕީގެ ވެރިކަމެއްގައި އިސްލާމްދީން ނޫން އެހެންދީނަކަށް މިގައުމުގައި ޖާގައެއް ނޯންނާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ރޭ ފުވައްމުލަކުގައި ބޭއްވި އެމްޑީޕީ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމްޑީޕީގެ ވެރިކަމުގައި 47 މިސްކިތް ބިނާކުރެއްވި ކަމަށާއި އެއަދަދަށް މިސްކިތް ބިނާކުރެވުނު ވެރިކަމެއް އައިސްފައި ނުވާކަމަށްވެސް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި މިޖަލްސާގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ފުވައްމުލަކު ރައްޔިތުނަށް ބޭނުންވާ ގިނަ ކަންތައްތަކެއް އެބަހުރިކަމަށާއި އެކަންތައްތައް އަކުރުން އަކުރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފުއްދަވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ކެންޑިޑޭޓުން ނަޒަހަތްތެރިވާނެކަމަށާއި ނަޒާހަތްތެރި ކެންޑިޑޭޓުން މިތިއްބެވީ ކަމަށެވެ. އެމްޑީޕީގެ ފަރާތުން ފުވައްމުލަކު ތިން ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންނަކީ އުތުރު ދާއިރާއިން މުހައްމަދު ރަޝީދު (ދޮންބެ) އާއި މެދު ދާއިރާއިން ހުސެއިން މުހައްމަދު ދީދީ އާއި ދެކުނު ދާއިރާއިން މުހައްމަދު މުމްތާޒެވެ.

ރޭގެ ޖަލްސާއަށްފަހު ރައީސް ނަޝީދު ވަނީ މިއަދު ތިން ދާއިރާގެ ރައްޔިތުންނާއި ވަކިވަކިން ބައްދަލުކުރައްވާފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ސަފް

    ވަރައްރަނގަޅު ވާހަކައެއް ތިބުނަނީ

  • ސްޓަންޓް

    ކޮންމެ އިންތިހާބަކާއި ގާތްކޮށްފަމީނަ ކުރާ ކަމެއް މިއީ ، އަބަދުވެސް ދީނާއިދެކޮޅަށް ކުރި ކަންތަކާއި ވާހަކަ ފަހަތަށްދޫކޮށްފަ ރައްޔިތުން އަދި ހަދާންނެތޭހާ ދުވަސްނުވަނީސް ބުނާނެ ބުހުތާން ދޮގު އެމެރިކާއާއި ހުޅަނގު އަތްބޮނޑިއަށްލައިގެން ، ނަޝީދުގެ ތިއުކުޅުތައްމަސައްކަތް ނުކުރެޔޭ ބުރޯ!!! … މޮޔަޔަކަށްވުރެން މީނަގެ ކަންތައްފަލަ …