18 ނޮވެމްބަރ 2018 ( އާދީއްތަ )

banner

ބަންދު ކުރެވިފައިވާ އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާނު އަބްދުﷲ.

އަދާލަތު ޕާޓީއަކީ ވުޖޫދުން ފޮހެލަން ޖެހޭ ޕާޓީއެއް ކަމަށް ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވި

އަދާލަތު ޕާޓީ އަކީ ވުޖޫދުން ފޮހެލަން ޖެހޭ ޕާޓީއެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ތަކުރާރުކޮށް ވިދާޅުވި ކަމަށް ކުރީގެ ނާއިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު ހާމަ ކުރައްވައިފިއެވެ. ޖަމީލު މިކަން ހާމަ ކޮށްފައި ވަނީ އަމިއްލަ އަށް އިގިރޭސިވިލާތަށް އަރުވާ ލެވިފައި ހުންނަވައި އެމަނިކުފާނުގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރި ކޮށެވެ.

މީގެ އިތުރުން އިލެކްޝަންސް މިސްރާބު ހުރީ އަދާލަތު ޕާޓީ އުވާލުމަށް ކަމަާއި މެދު ވެސް ޖަމީލު ވަނީ ސުވާލު އުފައްދަވާފަ އެވެ. “އަދާލަތު ޕާޓީއަކީ ވުޖޫދުން ފޮހެލަން ޖެހޭ ޕާޓީ އެއް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައި، އީސީ މިސްރާބު ޖަހާފައި ވަނީ އެ މަގަށްބާ؟” ޖަމީލްގެ ފޭސްބުކް ސްޓެޓަސް ގައި ލިއުއްވާފައި ވެއެވެ.

އަދާލަތު ޕާޓީ އަކީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ހެއްދެވި ކޯލިޝަނުގައި ޝަރުތަކާއި ނުލާ ބައިވެރިވި ޕާޓީއެކެވެ. ނަމަވެސް، ވަކި ހިސާބަކުން އެކޯލިޝަނުން އެޕާޓީ ވަނީ ނިކުމެފައެވެ. އަދި ސިޔާސީ މަގާމު ތަކުގައި ތިއްބެވި އެޕާޓީގެ ބައެއް ބޭފުޅުން ވަނީ އިސްތިއުފާ ދެއްވާފައެވެ. މޭޑޭގެ އެއްވުމާއި ގުޅިގެން އެޕާޓީގެ ރައީސް ވަނީ ބަންދު ކުރެވިފައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު