ފެނަކަ ކޯޕަރޭޝަނުން ހިންގާ ފުވައްމުލަކު އިންޖީނުގޭގައި އަލަށް ބެހެއްޓުނު ޕެނަލް ބޯޑު ގުޅުމަށްޓަކައި އަންނަ ހޮނިހިރު ދުވަހު ހެދުނު 8:00 އިން 11:30 އާއި ދެމެދު، އެމަސައްކަތް ނިމެންދެން މުޅި ރަށުން ކަރަންޓް ކަނޑާލެވޭނެ ކަަމަށް ފުވައްމުލަކު އިންޖީނުގެ އިން ހާމަކޮށްފިއެވެ.
“އެއްވެސް ސަބަބަކާއި ހުރެ ކަރަންޓް ކެނޑޭ ގޮތް ދިމާވެއްޖެ ނަމަ ކޮންމެ ފަހަރަކުވެސް ކަރަންޓް އައުމުގެ ކުރިން ބޭނުން ކުރައްވާ އިލެކްޓްރޯނިކަލް ހުރިހާ ތަކެއްޗެއްގެ ސްވިޗް އޮފު ކޮށްފައި ބެހެއްޓުމަކީ ރައްކާތެރިކަމެއް ކަމަށްވެސް އިއްޔެ އެކޯޕަރޭޝަނުން އާންމު ކުރި އިއުލާނުގައި ހާމަކޮށްފައިވެއެވެ.
+1
+1
ޚިޔާލުތައް