24 ޖުލައި 2019 ( ބުދަ )

މިއަހަރުގެ އޯލެވެލް އިން ހުރިހާ މާއްދާއަކުން އޭ ޕްލަސް ހޯދި ދަރިވަރެއްގެ ނަތީޖާ

އޯލެވެލް ނަތީޖާ ރިޗެކް ކުރުގެ ފުރުސަތު ހުޅުވާލައިފި

ނިމުނު  2015 ވަނަ އަހަރުގެ އޯލެވެލް އަދި އެސްއެއެސްސީ އިމްތިހާނުގައި ޏ. އަތޮޅު ތައުލީމީ މަރުކަޒުން ބައިވެރިވި ފަރާތްތަކަށް ނަތީޖާ ރިޗެކު ކުރުމުގެ ފުރުސަތު އެމަރުކަޒުން އިއްޔެ ހުޅުވާލައިފިއެވެ. 

މިހަފުތާގައި އޯލެވެލް އަދި އެސްއެއސީ އިމްތިހާނު ގެ ނަތީޖާ ވަނީ ދޫކޮށްފައެވެ. ނަތީޖާ އަލުން ބެލުމާއި ގުޅޭ ގޮތުން ޏ. އޭއީސީން އާއްމު ކޮށްފައިވާ އިއުލާނުގައި ވާގޮތުން 2015 ވަނަ އަހަރު އޮކްޓޮބަރ / ނޮވެމްބަރު މަހުގައި ބޭއްވުނު އޯލެވެލް އަދި އެއެސްސީ އިމްތިހާނުގެ ނަތީޖާ އާއިމެދު ހިތްހަމަ ނުޖެހޭ ފަރާތްތަކުން  ނަތީޖާ ރިޗެކު ކުރުމަށް 31 ޖެނުއަރީ 13:30 ގެ ކުރިން ހުށަހަޅަން ޖެހެއެވެ. ނަތީޖާ ރިޗެކް ކުރުމަށް ހުށަހަޅާން ޖެހެނީ އެކަމަށް އެމަރުކަޒުން ދޫކުރާ ފޯމަކުންނެވެ. ފޯމާއެކު ނަތީޖާ ކަރުދާހާއި އައިޑީ ކާޑު ކޮޕީ ހުށަހަޅަން ޖެހެއެވެ.

އޯލެވެލް އަދި އޭލެވެލް ކުދިން ގެ ނަތީޖާ ރިޗެކު ކުރުމަކީ ކޮންމެ އަހަރަކުވެސް ނަތީޖާ ލިބުމަށްފަހު ކުރިޔަށް ގެންދެވޭ ކަމެކެވެ. އަދި ބައެއްފަހަރު ނަތީޖާތައް ބަދަލުވެ ދަރިވަރުންނަށް އިތުރު ހިނިތުންވުން ވެސް ގެނުވާފައި ވެއެވެ. ހަމަ އެއާއެކު ބައެއް ފަހަރު އެމަސައްކަތުގައި އުޅުއްވާ މުވައްޒަފުންގެ އިހުމާލުން  ހުށަހެޅޭ ފޯމު ކަމާބެހޭ ފަރާތަށް ނުފޮނުވި މުއްދަތު ފާއިތުވެ ގިނަގުނަ ހިތްމަހަނުޖެހުންތަކެއް ސްކޫލާއި ބެލެނިވެރިންނާއި ދެމެދު ކުރުމަތި  ކުރުވާފައި ވެސް ވެއެވެ. 

ނަތީޖާ ދަރިވަރުންނަށް ލިބިފައި ވީނަމަވެސް، ޏ. އަތޮޅު ތައުލީމީ މަރުކަޒުން އެސްކޫލަށް ހާސިލުކުރެވުނު ނަތީޖާ އާއިމެދު އެއްޗެއް ބުނެފައިވާކަން އެގިފައެއް ނުވެއެވެ. އަދި އެމަރުކަޒުން ނަތީޖާ އާއި ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް އާއްމުކޮށް ފައި ވާކަން ވެސް އެގޭކަށް ނެތެވެ.

ރަނގަޅު ނަތީޖާ ހޯދީ ސްކޫލުތަކުން ބެލެނިވެރިންނަށް ބޭއްވި ބައްދަލުވުންތަކުގައި ސްކޫލުކގެ ނަތީޖާތައް ވަނީ ހިއްސާ ކޮށްފައެވެ. ހަމައެގޮތަށް ޏ.އޭއީސީގެ  ނަތީޖާ ވެސް ބެލެނިވެރިންނާއިއެކު ޖުމްލަ ގޮތެއްގައި ހިއްސާކުރުމަށް ބެލެނިވެރިން އެދޭކަން ބެލެނިވެރިއަކު ހާމަ ކުރިއެވެ.


ކިޔުންތެރިންގެ ޚިޔާލު