A wide advertisement which will be shown on all devices. (700 x 100)

މަސައްކަތަށް ކަރަންޓް ކަނޑާލާ ދުވަސް 30 ޖެނުއަރީއަށް ބަދަލުކޮށްފި

ފެނަކައިން (ފެން، ނަރުދަމާ، ކަރަންޓް) ކުރަނީ ހަމައެކަނި ކަރަންތްގެ މަސައްކަތް ބާ؟

ފުވައްމުލަކުގެ ކަރަންޓް ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އައު ޕެނަލް ބޯޑު އިންސްޓޯލް ކުރުމުގެ ގޮތުން ކަރަންޓް ކަނޑާލުމަށް ކުރިން އިއުލާން ކޮށްފައިވާ 23 ޖެނުއަރީ ވާ ހޮނިހިރު ދުވަހުގެ ބަދަލުގައި 30 ޖެނުއަރީ ވާ ހޮނިހިރު ދުވަސް ހަމޖައްސާފައި ވާކަމަށް ފުވައްމުލަކު ފެނަކަ ކޯޕަޝަނުން ހާމަކޮށްފިއެވެ.

ކަރަންޓް ކެނޑުމާއި ގުޅޭ ގޮތުން އެކޯޕަރޭޝަނުން މިއަދު އާއްމުކުރި ލިޔުމުގައި ވާ ގޮތުން ކުރިން އިއުލާން ކޮށްފައިވާ ގޮތަށް މިއަދު ކަރަންޓްގެ ޚިދުމަތް މެދު ކަނޑާލުމުގެ ބަދަލުގައިމިމަހު 30 ވަނަ ދުވަސް ހަމަޖައްސަން ޖެހުނީ، ދިމާވި ފަންނީ މައްސަލައަކާއި ގުޅިގެން ކަމަށެވެ. މިމައްސަލައާއި ގުޅިގެން ޕެނެލް ބޯޑު ސަޕްލައިކުރި ފަރާތަށް ކުރިން ކަނޑައެޅި ދުވަހަށް ޕެނެލް ބޯޑު ރާވާ ނިންމާ ނުލެވުމުންނެވެ. މިކަލް ނޫހަށް މައުލޫމާތު ލިބުނު ގޮތުގައި ޕެނަލް ބޯޑާއެކު ސަޕްލައި ކުރި ބައެއްތަކެތި އެއާއި ދިމާނުވާތީ ޕެނަލް ބޯޑު ރާވައި ގުޅާލުން ލަސްވީ އެވެ.

އިންޖީނުގެއަށް އިތުރު ކުރެވޭ ޕެނެލް ބޯޑަކުން މިހާރު ދެމުންދާ ކަރަންޓްގެ ޚިދުމަތް ފުޅާވެގެން ދާނެ ގޮތަކާއި މެދު ވިސްނާލުން މުހިންމެވެ. ހަމަޔަގީނުންވެސް ޕެނަލް ބޯޑަކުން އިތުރު ކަރަންޓެއް ނުއުފެއްދޭނެއެވެ. އަދި މިހާރު ދެމުންދާ ކަރަންޓްގެ ވޯލްޓޭޖް ނުވަތަ ވޮޓު ނުވަތަ ބާރު ގަދައެއް ވެސް ނުކުރެވޭނެއެވެ. އެހެން ނަމަވެސް ޚިދުމަތް ދިނުމުގައި ފަސޭހަތަކެއް ލިބިގެން ދާނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !