A wide advertisement which will be shown on all devices. (700 x 100)

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕީއެޗްޑީ ޕްރޮޕޯސަލް ތައުކީދު ކޮށްފި

ރާއްޖޭގައި ބޭއްވުނު ފުރަތަމަ ޕީއެޗްޑީ ޕްރޮޕޯޒަލް ތައުކީދު ކުރުން - އެމްއެންޔޫ

ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕީއެޗްޑީ ޕްރޮޕޯސަލެއް ތައުކީދު ކުރުން ގައުމީ ޔުނިވަރސިޓީގައި ވަނީ ބާއްވާފައެވެ. މިޝަރަފު ލިބުނީ ގައުމީ ޔުނިވަރސިޓިގައި ޕީއެޗްޑީއަށް ފުލްޓައިމްކޮށް ކިޔަވާ ހަމައެކަނި ދަރިވަރު ސުނީނާ ރަޝީދުއަށެވެ. އެއިގެ ދުވަސްތަކެއް ފަހުން ދެވަނަ ދަރިވަރު (ޕާޓްޓައިމް ކޮށް ކިޔަވާ ދަރިވަރު) ވެސް ވަނީ އޭނާގެ ޕްރޮޕޯޒަލް އެކަޑެމިކް ކޮމެޓީއަކަށް ހުށަހަޅާ ދީފައެވެ.
މިހުށަހެޅުމަށް ފަހު ގައުމީ ޔުނިވަރސިޓީގެ ރިސާޗް ކޮމެޓީން އެޕްރޮޕޯޒަލް ފައިނަލްކޮށް ދެއްވީ ކޮންމެވެސް ވަރެއްގެ ބަދަލުތަކަކާއި އެކުގައެވެ. ސުނީނާ ޕީއޗްޑި ހައްދަވަނީ  “ދަ ޕްރެކްޓިކަމް އިން ޓީޗާ އެޑިއުކޭޝަން އިން ދަ މޯލްޑިވްސް: ކަރަންޓް ޕްރެކްޓިސެސް، އިޝޫސް އެންޑް ފިއުޗާ ޑިރެކްޝަންސް” އިންނެވެ.
ގައުމީ ޔުނިވަރސިޓީގައި ޕީއެޗްޑީއަށް ކިޔަވަމުންދާ ދެ ދަރިވަރުންގެ ވެސް ސްޕަވައިޒަރުންގެ ގޮތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޕީއެޗްޑީ ހޯލްޑަރުންނާއި ޕްރޮފެސަރުން ހިމެނިފައި ވެއެވެ. 
ޕީއެޗްޑީ ޕްރޮޕޯޒަލްގައި ދިރާސާކުރާނެ ދައިރާ ކަނޑައަޅައި، ދިރާސާގެ ބައިތަކާއި ސުވާލުތައް ހިމެނިފައި ހުރެއެވެ. އަދި އަރުޝީފުތަކުގައި އެ ދާއިރާއަކުން ރައްކާ ކުރެވިފައިވާ މައުލޫމާތު ކޮންމެވެސް ވަރަކަށް ދިރާސާކުރެވި އެއްކުރެވިފައި ވާނެއެވެ. އެއިގެފަހުން ފެށިގެންދިޔައީ މައުލޫމާތު އެއްކުރުމާއި ދިރާސާކުރުމާއި ރިޕޯރޓް ލިޔުމާއި ހުށަހެޅުމުގެ މަރުހަލާއެވެ. 
ސުނީނާގެ ޕީއެޗްޑީ މިއަހަރު ޖުލައި މަހު ނިންމާނެ ކަމަށް ވެއެވެ. އެއާއެކު ވެގެން ދާނީ ރާއްޖޭގައި އުނގެނެވޭ ފުރަތަމަ ޕީއެޗްޑީކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު މިފަދަ ބައްދަލުވުމުގެ މައުލޫމާތު ޢާއްމުނާއި ހަމަޔަށް ފޯރާފައިވަނި ވަރަށް ކުޑަ މިންވަރަކަށެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !