17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

ފެނަކައިގެ އެމްޑީ ނިމާލު ވަނީ މަޖުލިސް ރައީސް މަސީހުއާއި ބައްދަލުކޮށް ފުވައްމުލަކުގައި ފެނަކައިން ދޭ ޚިދުމަތާއި ގުޅޭ ގޮތުން ދާދި ފަހުން ވާހަކަ ދައްކަވާފައެވެ. ފޮޓޯ ފެނަކަ - ފުވައްމުލައް

އަންނަ މަހުން ފެށިގެން ކަރަންޓް އަގު ބޮޑުކޮށް ސަބްސިޑީޒް ކަނޑާލަނީ

ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ހައްގެއް ކަމުގައިވާ ކަރަންޓުންގެ ޚިދުމަތަށް ދެމުން އަންނަ ސަބްސިޑީޒް އަންނަ މަހުން ފެށިގެން ކަނޑާލާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ހާމަކޮށްފި އެވެ. މީގެ އިތުރުން މިހާރު ކަރަންޓަށް ނަގާ އަގު ވެސް ވެނީ ބޮޑު ކުރުމަށް ނިންމާފައެވެ.

މިގޮތުން މާލެ ސަރަހައްދަށް ކަރަންޓްގެ ޚިދުމަތްދޭ އަގު ފިޔަވައި އެހެން ހުރިހާ ރަށަކަށް އެއް އަގެއްގައި ޚިދުމަތް ބޮޑު ވެގެން ދާނެއެވެ. ފެނަކައިގެ އޮފިޝަލަކު މިރޭ ޓީވީއެމްގެ ރާއްޖެ މިއަދު  ޕްރޮގުރާމުގައި ވިދާޅުވީ މިހާރު މިގެނައި ބަދަލަކީ އެންމެން ހަމަހަމަ ކުރުމުގެ ގޮތުން ގެނެވުނު ބަދަލެއް ކަމަށެވެ. ކުރިން، 2009 ގައި ރާއްޖޭގެ އެކި އަތޮޅުތަކުގައި އެކި އަގުތަކެއް ހަމޖައްސާފައި އޮތް ނަމަވެސް މި ގެނެވޭ ބަދަލާ އެކު އެންމެންނަށް އެއްއަގެއް ހަމަޖެހިގެން ދާނެ ކަމަށެވެ. 

ނަމަވެސް، އެވިދާޅުވާ ހަމަހަމަކަން ހުރިހާ ދިވެހި ރައްޔިތުންނަށް ނުގެނެވޭ ކަމުގައި ވާނަމަ ހަމަހަމަކަން ގެނެވުނީ ކަމަށް ގަބޫލުކުރާނީ ކޮން ބައެއް ހެއްޔެވެ؟ މާލޭ ސަރހައްދުގައި ދިރިއުޅޭ މީހުންނަށް ވަކިން ޚާއްސަ ކުޑަ ރޭޓަކަށް ދޫކޮށްލާފައި އެހެން ރަށްތައް ބޮޑުކޮށް އެއް އަގަކަށް ގެނައުމުން، އެހިސާބުން ދިވެހި ރައްޔިތުންގެ މެދުގައި ހަމަހަމަކަން އެގެނެވުނީ ބާއެވެ؟

ކަރަންޓް ސަބްސިޑީޒް ކޮންމހެން ބެނުންވާ އާދައިގެ ނިމެތި މީހާޔަށް ލިބޭނެ ކަމަށް ބުނެ ފާއިތުވި އަހަރު ދައުލަތުގެ ފަރާތުން ވަނީ އާއްމުންގެ ދިރިއުޅުމުގެ ފެންވަރު ވަޒަންކުރުމަށް ސާވޭއެއް ވެސް ކޮށްފައެވެ. ނަމަވެސް އެއިގެ ރާހަތެއް ކަރަންޓް ބިލްތަކަކުން ނުފެނުނެވެ. އަދި އެންމެ ފަހުން ސަބްސިޑިޒް މިކަނޑާލީ އެއްކަލް ނިކަމެތި މީހާގެ މޫނަކަށް ވެސް ބެލުމެއް ނެތިއެވެ.

ސަބްސިޑީޒް ކަނޑާލެވި، ފިއުލް ސާރޗާރޖް މިވަގުތަށް ދޫކޮށް ލެވިފައި ވިޔަސް ކަރަންޓް އުފައްދަން ބޭނުންކުރާ ޑިސަލް ލީޓަރެއްގެ އަގު 10.75 ރުފިޔާއަށް ވުރެ ބޮޑުވެއްޖެ ނަމަ ފިއުލް ސާރޗާރޖް އަލުން ނަގާ ގޮތަށް ވަނީ ހަމޖެހިފައެވެ.

ކަރަންޓްގެ އަގު ބައެއް ބޭންޑްތަކުން ކުޑަވާނެ ކަމަށް މީޑިއާތަކުގައި އެކި ފަރާތްތަކުން ވިދާޅުވިޔަސް ރައްޔިތުމީހާގެ އަތު ކަރަންޓަށް ދައްކަން ޖެހޭ ވަރު ހުރިހާ ބޭންޑަކުން ވެސް ވަނީ ބޮޑުކޮށްފައެވެ. އެގޮތުން އެންމެ ދަށް ބެންޑުން ވެސް 80 ރުފިޔާއިން ފެށިގެން 135 ރުފިޔާގެ ބޮޑުވުމެއް ފެންނާނެކަމަށް ފެނަކައިގެ އޮފިޝަލް ވިދާޅުވިއެވެ. 

ނަމަވެސް ކަރަންޓް ބިލް އަސްލު ބޮޑުވި މިންވަރެއް ރައްޔިތު މީހާއަށް އެނގޭނީ ބޮޑުވާ ބިލް މާޗްމަހުގައި އައުމުންނެވެ. މިގޮތަށް ބުނާ ވާހަކަތަކާއި މެދުވެސް ގިން ރައްޔިތުން ދެކެނީ ޝައްކުގެ ނަޒަރަކުންނެވެ.

ރައީސް ނަޝީދުގެ ސަރުކާރުން ކަރަންޓްގެ އަގު ބޮޑުކުރަން ނިންމުމުން އެކަމާއި ދެކޮޅަށް މަގުތަކަށް ނިކުމެ އެއީ ކުރަން ހެޔޮވާވަރުކަމެއް ނޫންކަމާއި “ރައްޔިތުން ހަނާވަނީ” ކަމަށް ބުނެ ދައުލަތާއި ދެކޮޅަށް މަޒާހަރާ ކުރީ މިއަދު މިބޮޑުކުރި އަގު ފާސްކުރި މީހުންނެވެ.

banner

ކިޔުންތެރިންގެ ޚިޔާލު